ކޮވިޑް 19- އައްޑޫ ސިޓީއިން މިއަދު ޕޮޒިޓިވްވެފައިވަނީ 7 މީހުން

އައްޑޫ ސިޓީއިން މިއަދު އިތުރު 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ ސިޓީއިން މިއަދު ޕޮޒިޓިވްވި 7 މީހުންވެސް ފެނިފައިވަނީ ހިތަދޫއިންނެވެ. މިގޮތުން ހިތަދޫއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކުރީން ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި ޑައިރެކް ކޮންޓެކްޓުވެގެން ޕޮޒިޓިވްވި 6 މީހަކާއި ރެންޑަމް ސަވެއިލެންސަށް ނެގި ސާމްޕަލްއަކުން ޕޮޒިޓިވްވި މީހެކެވެ.

މިގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންކަމަށްވެސް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

އައްޑޫ ހޮސްޕިޓަލުން މިއަދު  ހާމަކޮށްފައިވާގޮތުގައި ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގުނީ 181 ސާމްޕަލެވެ.

މިހާތަނަށް އައްޑޫސިޓީން 458 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިއަދު އިރުއޮއްސި 6 ގެ ނިޔަލަށް  ވަނީ 137 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

މިހާތަނަށް އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 319 މީހަކު ވަނީ ބަލިން ރަގަޅުވެއެވެ.

އައްޑޫ ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 9524 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދު އިރުއޮއްސި ހަޔެއް ޖެހުމާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު މަރަދޫއިން 4 މީހުން، ހިތަދޫއިން 133 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ދެ މީހަކަށެވެ.

Next: ޔޫރޯ 2020: ވޭލްސް ބަލިކޮށް ޑެންމާކް ކުއާޓަރ ފައިނަލަށް