އިތުރު 3 ދުވަހަށް ޖަމާއަތުގައި ނަމާދު ނުކުރުމަށް އަންގަވައިފި

advertisement

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން  އައްޑޫސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން އަންގާފައިވާ މުއްދަތު ޖޫންމަހުގެ 9 ވަނަ ދުވަހަށް ހަމަވެފައިވަނިކޮށް އެމުއްދަތު ރޭ ފަތިސް ނަމާދުން ފެށިގެން އިތުރު 3 ދުވަހަށް އިތުރުކޮށް އެކަން މިސްކިތްތަކުގެ މުދިމުންނަށް ރޭ އަންގަވައިފިއެވެ.

އައްޑޫސިޓީގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދިއުމާއި ގުޅިގެން މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޑޫސިޓީގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތުގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީވަނީ އަންގަވާފައެވެ  

އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން އައްޑޫސިޓީގައި ކޮވިޑްގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދިއުމާއި ގުޅިގެން އެޗްޕީއޭއާއި އައްޑޫސިޓީ ކައުންސިލުން އެޅި   ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން  މިއަދު އައްޑޫގެ  ހާލަތު ވަނީ ރަނގަޅު ވެފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިއްޔެ ހާމަކޮށްފައިވާގޮތުގައި އައްޑޫ ސިޓީން އެއްވެސް މީހަކު އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިނުވެއެވެ.

advertisement
Next: އައްޑޫސިޓީން އަލަށް ނެގުނު 339 ސާމްޕަލް ތަކުގެ ތެރެއިން އެއްވެސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ނުވޭ