އިތުރު 3 ދުވަހަށް ޖަމާއަތުގައި ނަމާދު ނުކުރުމަށް އަންގަވައިފި

advertisement

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން  އައްޑޫސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން އަންގާފައިވާ މުއްދަތު ޖޫންމަހުގެ 9 ވަނަ ދުވަހަށް ހަމަވެފައިވަނިކޮށް އެމުއްދަތު ރޭ ފަތިސް ނަމާދުން ފެށިގެން އިތުރު 3 ދުވަހަށް އިތުރުކޮށް އެކަން މިސްކިތްތަކުގެ މުދިމުންނަށް ރޭ އަންގަވައިފިއެވެ.

އައްޑޫސިޓީގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދިއުމާއި ގުޅިގެން މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޑޫސިޓީގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތުގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީވަނީ އަންގަވާފައެވެ  

އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން އައްޑޫސިޓީގައި ކޮވިޑްގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދިއުމާއި ގުޅިގެން އެޗްޕީއޭއާއި އައްޑޫސިޓީ ކައުންސިލުން އެޅި   ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން  މިއަދު އައްޑޫގެ  ހާލަތު ވަނީ ރަނގަޅު ވެފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިއްޔެ ހާމަކޮށްފައިވާގޮތުގައި އައްޑޫ ސިޓީން އެއްވެސް މީހަކު އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިނުވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮރޯނާވައިރަހަށް ފަރުވާދިނުމަށް 8 ދުވަސް ތެރޭގައި ޗައިނާއިން ހޮސްޕިޓަލެއް އަޅައިފި

ނުރައްކާތެރި ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ޗައިނާގައި 1،000 އެނދުގެ ހޮސްޕިޓަލެއް 8 ދުވަސް ތެރޭގައި އަޅާ ނިންމާލައިފިއެވެ. ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ...

ރައީސްކަން ކޮށްގެން އަނެއްކާވެސް ލިބޭނީ ބޮޑިއެއް: ނަޝީދު

ރާއްޖޭގެ ރައީސްކަން ކޮށްގެން އަނެއްކާވެސް ލިބޭނީ ބޮނޑިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު ...

ހުޅުދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރު

– ޕޮލިސް ދަނޑު- 13 -05-2023 -ހުޅުދޫ އަވަށު އޮފީހާއި މުއައްސަސާތައް ގުޅިގެން ހުޅުދޫގައި ބޭއްވި ކުޑަކުދީންގެ ހަވީރު- ...