ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އިއްޔެ މެންދުރުފަހުން މީދޫ ބޮޑުމަގުގައި އިންދި ގަސްތަކުގެ ތެރެއިން ބައެއް ގަސްތަކަށް ރޭބަޔަކު ގެއްލުންތަކެއް ދީފިއެވެ.
އެމްޓީސީސީން ތާރުއަޅައިގެން ރަގަޅު ފެންވަރަކަށް ބޮޑުމަގު ހެދިއިރު އައްޑޫސިޓީ ކައުންސިލުން އެމްޓީސީސީއާއި ވާހަކަ ދައްކައިގެން ހިޔާދޭގަސްތައް އިންދުމަށް މަގުގެ ދެފަރާތުގައި ހަދާފައިވާ ކާނު ތަކުގައި އިންދާފައިވާ މިގަސްތަކަކަށް ގެއްލުން ދިނުމުގެ ގޮތުން ގަސްތަކުގެ މަތިން ސައިކަލް ދުއްވާ ބައެއް ގަސްތަކަށް ގެއްލުންތަކެއް ދީފައިވާކަން ވަނީފާހަގަކުރެވިފައެވެ.
އަދި މީގެ އިތުރަށް ގަސްއިންދުމުގެ ރަސްމިއްޔާތު ފެށުމުގެ ގޮތުން ބޭނުންކުރުމަށް ބެހެއްޓި ބެނާވެސް ރޭ ވަނީ ކަފާލާފައެވެ.