ކޮވިޑް 19- ހުޅުދޫ – ހޯމްކަރަންޓީނުގައި ތިބިބަޔަކު ޕޮޒިޓިވްވެއްޖެ

advertisement

ހުޅުދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސާދަ ދުވަހުގެ ހޯމް ކަރަންޓީންގެ މުއްދަތު ހަމަވުމާއި ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ހުޅުދުން ނެގުނު ރިލީޒިންގ ސާމްޕަލްތަކުގެ ތެރެއިން ފަސް ސާމްޕަލް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުގެ ޕަބްލިކްހެލްތު ސެކްޝަނުން މިއަދު މައުލޫމާތުދީފައިވެއެވެ.

މިފަސް މީހުންގެ ތެރެއިން އެކަކީ މާލެން ހުޅުދުއަށް އައިސް 14 ދުވަހުގެ ހޯމް ކަރަންޓީން ފުރިހަމަކުރިމީހެއްކަމަށާ އަނެއް 4 މީހުންނަކީ ހުޅުދޫން ކުރިން ޕޮޒިޓިވްވި ފަރާތްތަކާއި ކޮންޓެކްޓް ވެގެން ހޯމް ކަރަންޓީނުގައި ތިބިބަޔަކުކަމަށްވެސް ސިއްހީމަރުކަޒުންވަނީ މައުލޫމާތުދީފައެވެ.

ހޯމް ކަރަންޓީނުގައި ތިބެގެން އިއްޔެ ހުޅުދުން ޕޮޒިޓްވި މީހުންގެ ތެރެއިން މާލެން އައިސް ކަރަންޓީނުގައި ހުރިމީހާހުރީ އެކަނިކަމަށާ އެހެން ނަމަވެސް ދެން ޕޮޒިޓިވްވި 4 މީހުންނަކީ މީހުން ދިރިއުޅޭ ގެއެއްގައި ކަރަންޓީންވެގެން ތިބިބަޔަކަށްވާތީ އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ސިއްހީމަރުކަޒުންވަނީ މައުލޫމާތުދީފައެވެ. .

 

Next: ކޮވިޑް 19 އަށް އައްޑޫސިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެ