އަމިއްލަ ދަނޑުގައި ސެލަޓަވީގޯ އަތުން ބަލިވެ ލީގު ހޯދުމުގެ ފުރުޞަތު ބާސެލޯނާއަށް ގެއްލިއްޖެ

advertisement

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯ އަތުން ބަލިވެ ސްޕެނިޝް ލީގު ހޯދުމުގެ ފުރުޞަތު ބާސެލޯނާއަށް ގެއްލިއްޖެއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މިމެޗުން ބާސާ ބަލިވީ ދެލަނޑު އެއްލަނޑުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސެލޯނާއިންނެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މެސީއެވެ. ނަމަވެސް ފުރަތަމަ ހާފްގެ 38 ވަނަ މިނިޓްގައި ސެލްޓަ ވީގޯގެ ސަންޓިމިނާ ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗްގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުގެންނެވެ.

މި މެޗުން ބާސެލޯނާ ބަލިވީ ދެވަނަ ހާފްގެ ކުޅުން ފަށައިގެންގޮސް މެޗުގެ 89 ވަނަ މިނިޓްގައި ސެލްޓަވީގޯއަށް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސަންޓިމިނާ އެޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްދީގެންނެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ބާސެލޯނާ ކުޅުނު 37 މެޗުން 76 ޕޮއިންޓާއެކު އެޓީމު އޮތީ 3 ވަނައިގައިއެވެ. ދެވަނައިގައި 37 މެޗު ކުޅެގެން ހޯދި 81 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެއެވެ. އަދި އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 37 މެޗުން ލިބިފައިވަނީ 83 ޕޮއިންޓެވެ.

advertisement
Next: އައްޑޫގެ ޑެޕިއުޓީ މޭޔަރަކަށް ޝުއާއު ގެންނަން ފާސްކޮށްފި