އިތުރު 3 މީހަކު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންނަކީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންނެވެ. އަދި މިމީހުންނަކީ ކަރަންޓީންކޮށްފައިވާ ގޭގެއިން ޕޮޒިޓިވްވި މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކީ މީދޫ މީހެކެވެ. އަނެއް ދެމީހުން ކުރެ އެކަކީ ހުޅުދޫގައި ދިރިއުޅެންދާ ބިދޭސީއެކެވެ. އަނެއްމީހާއަކީ ހުޅުދޫ މީހެކެވެ.
މައުލޫމާތު ލިބިފައިވާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރެއިން މީދޫ މީހާއަކީ އުރުމުން ދުވަސްވެފައިވާ އަންހެނެވެ.
ހުޅުދޫއާއި މީދޫގެ ކޮވިޑް-19ގެ ހާލަތު ކަންބޮޑުވާ ހާލަތަކަށް ގޮސްފައިވާއިރު އިއްޔެ 10 މީހުން ހުޅުދޫއާއި މީދުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
މިއަދު ޕޮޒިޓިވްވި 3 މީހުންނާއިި އެކު ޖުމްލަ 62 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. ފޮޒިޓިވްވި އަދި މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހުޅުދޫ އާއި މީދުން ގިނައަދެއްގެ ގޭގޭ ވަނީ ކަރަންޓީނުކޮށްފައެވެ.
ކޮވިޑްގެ ހާލަތު ކަންބޮޑުވާންޖެހޭ މިންވަރަށް ހުޅުދޫއާއި މީދޫގައި ފެތުރެމުންދާއިރު ކޮވިޑްގެ ކޭސްތައް މަދުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެއްބާރުންލުން ދިނުމުގެ ގޮތުން ކޮންޓެކްޓް ރޭސިންގެ ތެދުމައުލޫމާތު ހިއްސާކުރުމަށާ ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.
އަދި ބަލިމީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުންވެސް އެކަން ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަވަންދެން ސެލްފް އައިސޮލޭޝަނުގައި ތިބުމަކީ ބަލިއިތުރަށް ފެތުރިޔަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.
ހުޅުދޫއާއި މީދޫ ގައި ހަލުއި ކަމާއެކު ކޮވިޑް 19 ގެ ވައިރަސް ފެތުރެމުންދާތި މެއި މަހުގެ 13 ވަނަ ދުވަހުން ންފެށިގެން އެއް ހަފުތާއަށް ހުޅުދޫ މީދޫގެގެ މިސްކިތްތަކުގައި ޖަމާއަތުގަިއ ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.