ކޮވިޑް-19: މީދޫއާއި ހުޅުދޫގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގަނީ

advertisement

މީދޫ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއިގުޅިގެން ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގަން ފަށައިފިއެވެ.

މީދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އައްޑުއަތޮޅާއި މާލެ ދަތުރުކުރާ ހުޅުދޫ “ނިއުލައިން” ބޯޓުގައި މަސައްކަތް ކުރާ ދިވެއްސެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތްތައް ހުރުމާ ގުޅިގެން ހުޅުމީދޫ ސިއްހީމަރުކަޒަށް ދެއްކުމުން ނެގި ސާމްޕަލް އަކުންނެވެ.

މީދުން ކޮވިޑަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ހުޅުދޫއާއި މީދޫއަށް އަރައިފޭބުން މިހާރު މަނާ ކޮށްފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

advertisement

Next: މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން