މީދޫ އިން ކޮވިޑަށް މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ މީދޫ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މީދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރުކުރާ “ނިއުލައިން” ބޯޓުގައި މަސައްކަތް ކުރާ ދިވެއްސެކެވެ. އެގޮތުން އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތްތައް ހުރުމާ ގުޅިގެން ސިއްހީމަރުކަޒަށް ދެއްކުމުން ނެގި ސާމްޕަލް އަކުންނެވެ.

އެމީހާ ބައްޔަށް ޕޮޒިޓިވްވި ވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މީދޫ އިން މިދިޔަ ފެބްރުއަރީ މަހު ވެސް ކޮވިޑްގެ ކޭސްތަކެއް ފެނިފައިވެއެވެ. އެ ކޭސްތަކާ ގުޅިގެން އެ ރަށުގައި ކާފިއު ހިންގައި ހާއްސަ ފިޔަވަޅުތަކެއް ވެސް އެޅިއެވެ. އެ ފިޔަވަޅުތައް އުވާލީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިވަގުތު 23 ރަށެއް އޮތީ މޮނީޓަރިން ހާލަތުގައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑްގެ 1200 އަށް ވުރެ ގިނަ އެކްޓިވް ކޭސް އެބައުޅެއެވެ.

މަސްދަރު އައްޑޫ ލައިވް

advertisement
Next: ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފި