ބިދޭސީންތަކެއް މީދޫގައި މީދޫ މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
އެނގިފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ މީދޫގައި މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މީދޫގައި ފުޅާދާއިރާއެއްގައި މަސައްކަތް ހިންގަމުންއަންނަ ގްރޫޕެއްގައި މަސައްކަތް ކުރަމުން އަންނަ ތިން ބިދޭސީއަކު މީދޫ ބަނދަރު ސަރަހައްދުގައި ހިންގި މިމާރާމާރީގައި މީދޫމީހާއަށް ހަމަލާދީ މާރާމާރީ ހިންގި ތިން ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިމައްސަލަ ތަހުގީގު ކުރަމުންދާކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.
ބައެއް ފަރާތްތަކުން މައުލޫމާތު ލިބުނު ގޮތުން މިމާރާމާރީ ހިގަންދީމާވީ ބިދޭސީން ތިބި ތަނަށް މީދޫ މީހާގޮސް އެމީހުންނާއި ދެމެދު ދެކެވުނު ވާހަކަތަކެއްގައި އުފެދުނު ހަމަނުޖެހުމެއްގެ ތެރެއިންނެވެ.
ބިދޭސީން މީދޫގައި މީދޫ މީހަކަށް ހަމަލާދީ މާރާމާރީ ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ.