އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓެއް ތަރައްޤީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިހާރުވަނީ މި މަސް މާރުކޭޓް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވަނީ މިމަސައްކަތަށް ދަޢުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ،( މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު” ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށްފައިވާ) ފަރާތްތަކަށް ކަމަށެވެ.
މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2021 އެޕްރީލް 26 ވާ ހޯމަ ދުވަހުން ފެށިގެން 2021 އެޕްރީލް 29 ވާ ބުރާސްފަތި ދުވަހާއި ހަމަޔަށް ކައިންސިލް އިދާރާއިން ގަންނަން ލިބެން ހުންނާނެ ކަމަށާއި، މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ބީލަމުގައި ބައިވެރިވުމަށް 300/- (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ އެވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ކައުންސިލް އިދާރާގެ finance@adducity.gov.mv އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކުރަން ޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އަންނަ މެއި 02 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 މެއި 06 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައެވެ.
މަސްދަރު: މަސްވެރިން އެމްވީ