މާލެން އަތޮޅުތަކަށް ދަތުރުކުރާ ބޯޓްފަހަރުގައި މަސައްކަތްކުރާ މީހުންނާއި އެބޯޓްތަކުގެ މީހުން ކޮވިޑަށް ޕޮޒިޓިވްވުން ގިނަވާން ފަށައިފިއެވެ.
މިގޮތުން ހއ. އިހަވަންދޫއާއި އެއަތޮޅު ފިއްލަދޫން މާލެއާއި ދެމެދު ދަތުރުކުރާ ދެ ބޯޓަކުން 5 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު ބީއެމްއެމްއޭ އެކްސްޕްރެސް ނަމަކަށް ކިޔާ ބޯޓުންވެސް ތިން މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެފައިވާކަން އެޗްއީއޯސީން މީގެ ކުރީންވަނީ ހާމަކޮށްފައެވެ. އަދި ސަވާރީ ނަމަކަށް ކިޔާ ބޯޓްގެ ކެޕްޓަނާއި އެ ބޯޓުން ދަތުރުކުރި ނުވަ މީހަކުވެސް މީގެ ކުރީން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.
މާލޭގެ އިތުރުން އަތޮޅުތެރެއިން ކޯވިޑް ބަލީގެ މީހުން ފެންނަން ފެށުމުން މިހާރު ވަނީ މާލެއަށް އަރާ ފޭބުން މަނާކޮށްފައެވެ. އަތޮޅު ތަކުގެ ރަށްރަށުން ފެނުނު ކޮވިޑްގެ ކޭސްތަކަކީ ހޯމް ކަރަންޓީނަށް މާލެން ގޮސް ތިއްބާ ފެންމަތިވި ކޭސްތަކާއި މާލެ ދަތުރުކުރާ ބައެއް ބޯޓްފަހުރުން ފެނުނު ކޭސްތަކެވެ.