34 ވަނަ ފަހަރަށް ސްޕެނިޝްލީގުގެ ޗެމްޕިއަންކަން ރެއާލްމެޑްރިޑް ހޯދައިފިއެވެ.
ރެއާލްމެޑްރިޑް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދީ ރޭ ވިލަރެއާލްއާއި ބައްދަލުކޮށް ކުޅުނުމެޗުން މޮޅުވެ 37 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ.
މިއީ ފާއިތުވެދިޔަ 8 އަހަރު ތެރޭ ރެއާލްމެޑްރިޑުން ސްޕެނިޝް ލީގު ހޯދި 3 ވަނަ ފަހަރެވެ. މީގެ ތެރެއިން ތެރެއިން 2 ފަހަރު ރެއާލަށް ލީގު ޗެމްޕިއަންކަން ލިބިފައިވަނީ ޒިދާންގެ ކޯޗުކަމުގަ އެވެ.
ކޮވިޑް-19ގެ ސަބަބުން ސްޕެނިޝް ލީގު މެދު ކަނޑާލިއިރު ރެއާލްމެޑްރިޑަށްވުރެ 2 ޕޮއިންޓް އިތުރަށް ހޯދައިގެން ލީގުގެ އެއްވަނާގައި އޮތް ބާސެލޯނާއަށް ލީގުގެ ކުޅުން އަލުން ފެށި ފަހުން ރަގަޅު ކުޅުމެއް ދެއްކިފައިނުވާއިރު ލީގު އަލުން ފެށުނު ފަހުން ރެއާލްކުޅުނު 10 މެޗްވެސްވަނީ ކާމިޔާބުކޮށްފައެވެ.
ރެއާލްމެޑްރިޑަށް އެންމެ ފަހުން ލީގު ކާމިޔާބުކުރެވިފައިވަނީ 2016/2017 ގެ ސީޒަނުގަ އެވެ. އެ ސީޒަނުގައިވެސް ރެއާލްއަށް ޗެމްޕިއަންކަން ހޯދައިދީފައިވަނީ ޒިދާންގެ ކޯޗްކަމުގެ ދަށުގައެވެ.
2019/2020 ގެ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަންކަން ރެއާލްމެޑްރިޑް ހޯދުން