ފޮޓޯއިން ޚަބަރު : މަރާމާތު ކުރަމުންދާ މީދޫ ބަނދަރުގެ މަސައްކަތް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މިހާރު މަރާމާތު ކުރަމުންދާ މީދޫ ބަނދަރުގެ މަސައްކަތް ކުރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް

މީދޫގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ޑިޒައިންކޮށް ޢަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ ޖޫން 23  2019 ވަނަ ދުވަހުއެވެ. އެއް އަހަރު ދުވަހުން ނިންމުމަށް މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 35.43 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީ އިން ބުނީ މީދޫ ބަނދަރު ހަދަނީ 2،480 މީޓަރުގެ ޕޭވްމެންޓަކާއެކު 115 މީޓަރުގެ ބްރޭކްވޯޓާއެއް ހިމަނައިގެން ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ފަޅުން 57،996 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

Next: މާމެންދޫއިން އިތުރު ދެމީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ