ކަސްޓަމަރުންގެ ތެރެއިން ފޯން ނަމްބަރު ދީފައިވާ ހުރިހާ ފަރާތްތަކަށް ފޯނުބިލް އެސްއެމްއެސް އެއް މެދުވެރިކޮށް ފޮނުވުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން ކުރި ޓުވީޓެއްގެ ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން އެކުންފުނީގެ މުވަށްޒަފުންނާއި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފޯނު ނަމްބަރު ހިއްސާކޮށްފައިވާ ކަސްޓަމަރުންގެ ފޯނު ބިލްތައް ޕްރިންޓް ކޮށްގެން ދެން ގެއަށް ނުފޮނުވާނެ ކަމަށެވެ.
އަދި ސްޓެލްކޯއަށް ފޯން ބިލް ހިއްސާ ނުކޮށްވާ ކަސްޓަމަރުންނަށް ކަރަންޓް ބިލް ގެންގޮސްދިނުމަށް ހަމަޖެހިފައިވަނީ ގުރައުންޑް ފްލޯއަށް ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ހުރިހާ ކަސްޓަމަރުންވެސް ސްޓެލްކޯގެ މޮބައިލް އެޕް ބޭނުންކޮށްގެން ބިލަށް ފައިސާ ދެއްކުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.