ކަރަންޓް ބިލް ފޯނަށް ފޮނުވުމަށް ސްޓެލްކޯއިން ނިންމައިފި

ކަސްޓަމަރުންގެ ތެރެއިން ފޯން ނަމްބަރު ދީފައިވާ ހުރިހާ ފަރާތްތަކަށް ފޯނުބިލް އެސްއެމްއެސް އެއް މެދުވެރިކޮށް ފޮނުވުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން ކުރި ޓުވީޓެއްގެ ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން އެކުންފުނީގެ މުވަށްޒަފުންނާއި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފޯނު ނަމްބަރު ހިއްސާކޮށްފައިވާ ކަސްޓަމަރުންގެ ފޯނު ބިލްތައް ޕްރިންޓް ކޮށްގެން ދެން ގެއަށް ނުފޮނުވާނެ ކަމަށެވެ.

އަދި ސްޓެލްކޯއަށް ފޯން ބިލް ހިއްސާ ނުކޮށްވާ ކަސްޓަމަރުންނަށް ކަރަންޓް ބިލް ގެންގޮސްދިނުމަށް ހަމަޖެހިފައިވަނީ ގުރައުންޑް ފްލޯއަށް ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ހުރިހާ ކަސްޓަމަރުންވެސް ސްޓެލްކޯގެ މޮބައިލް އެޕް ބޭނުންކޮށްގެން ބިލަށް ފައިސާ ދެއްކުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިއްޔެ ޕޮޒިޓިވް ވީ 83 މީހުން، އޭގެ ތެރޭގައި 61 ދިވެހިން

ރާއްޖެއިން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 83 މީހުންކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން އާންމު ކުރި ...

މުހައްމަދު އިބްރާހިމްދީދީ އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމުން މަރުހަބާ ދެންނެމުގެ ރަސްމިއްޔާތެއް ބާއްވައިފި

މީދޫ އެމްޑީޕީ ޖަގަހަ – ގިނަ އަހަރުތަކަކަށް ޕީޕީއެމްގައި ހިދުމަތް ކުރި މީދޫ ނިރު މުހައްމަދު އިބްރާހިމްދީދީ އާއި ...

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އިންޑިޔާއިން ތިން ދިވެހިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިޔާގެ ކެރެލާ ސްޓޭޓުން ތިން ދިވެހިން ހައްޔަރުކޮށްފިއެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ 17 ...