އައްޑޫސިޓީ ހިމެނޭގޮތައް ލ. އަތޮޅުންފެށިގެން ދެކުނުގެ ރަށްތަކަށް ވައިޓްއެލާޓް ނެރެފި

އައްޑު އަތޮޅު ހިމެނޭގޮތައް ލ އަތޮޅުން ފެށިގެން ދެކުނުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ

މިއަދު  މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ވަނީ ލ އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަޑުގައި 50 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓްއޮފީހުގެ ވައިޓް އެލާޓްގައި ހާމަކޮށްފައިވެއެވެ.  މެޓްގެ އެލާޓް ނެރެފައި ވަނީ މިއަދު  7:30 އިން މެންދަމު 12:30 އާ ހަމައަށެވެ.

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮރޯނާވައިރަހުގެ ޙާލަތު އަދި އޮތީ ވަރިހަމަކޮށްގެން ތިބެވޭ ޙާލަތުގައެއް ނޫން – ހެލްތު މިނިސްޓަރ

ކޮރޯނާވައިރަހުގެ ޙާލަތު އަދި އޮތީ ވަރިހަމަވެގެން އެއްވެސް ބަޔަކު ތިބޭފަދަ ޙާލަތެއްގައި ނޫންކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ...

ކުޅުދުއްފުށީ ސިޓީ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތްތެރި މޫނުތައް

ފެތުރެމުންދާ ކޯވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގައި އުފައްދާފައިވާ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް މެދުކެނޑުމެއް ނެތި 18 ...

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ

ސާޅީސް ފަހެއް މެންބަރުންގެ ސޮއިއާއެކު ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރު ހުށަހެޅި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީހު ...