އައްޑޫގެ މިސްކިތްތަކުގައިވެސް މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެ

ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންގައި އަދި މޮނިޓަރިންގެ ޙާލަތުގައި ނެތް ހުރިހާ ރަށްތަކެއްގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދުކުރަން ފެށުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ދިނުމަށް ނިންމެވުމާއިގުޅިގެން އައްޑޫސިޓީގެ މިސްކިތްތަކުގައިވެސް މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ އައްޑޫސިޓީ ކައުންސިލުން ދީފިއެވެ.

މިކަމާބެހޭގޮތުން މިއަދު އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ  އައްޑޫސިޓީގެ މިސްކިތް ތަކުގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފިކަމަށާ އަދި މިސްކިތައްގޮސް ޖަމާޢަތުގައި ނަމާދު ކުރާއިރު ތިރީގައި ދަންނަވާފައިވާ ގޮތައް މިސްކިތައް ނަމާދަށް ދާފަރާތްތަކުން  ސަމާލުކަން ދޭންޖެހޭނެކަމަށެވެ.

  • ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން
  • މާސްކު އަޅައިގެން މިސްކިތަށް ދިއުން
  • ގެއިން މުސައްލަ ހިފައިގެން މިސްކިތަށް ދިއުން
  • އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުން
  • ރޯގާޖެހި، ކެއްސާ ކިނބިހި އަޅާނަމަ މިސްކިތަށް ނުދިއުން
  • މިސްކިތުގައި ގިނަ ވަގުތު ހޭދަނުކުރުން

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޞާލިޙާއި މިސަރުކާރުގެ ސިޔާސަތުތައް ބަލައިގެންފި: ފައްޔާޟް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، މިސަރުކާރުގެ ސިޔާސަތުތައް ބަލައިގެންފައިވާ މިންވަރު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން ދައްކުވައިދީފި ކަމަށް ...

ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް – ދުންޔާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް ކަމަށް، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ ...

ޔާޔާ ނަބީލްގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތްކަމަށްބުނެ ދޫކޮށްލައިފި

ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރާތީ ހައްޔަރު ކުރި ޔާޔާ ނަބީލް އަކީ މުޖުތަމައަށް ނުރައްކާތެރި މީހަކަށް ...