14 ރަށަކުން 334 މީހެއްގެ ވަޒީފާވަނީ ގެއްލިފައި- އެޗްއާރުސީއެމް

ކޮވިޑް 19 އާއި ގުޅިގެން 14 ރަށަކުން 334 މީހެއްގެ ވަޒީފާ ގެއްލިފައިވާކަމަށް ހިއުމަންރައިޓްސްއޮފްދަމޯލްޑިވްސް ( އެޗްއާރުސީއެމް )  އިން ހާމަކޮށްފިއެވެ.

މިމަހުގެ 1 ވަނަދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް 27 ރަށު ކައުންސިލަކުން ފޯރުކޮށްދީފައިވާ މައުލޫމާތު އެޗްއާރުސީއެމުން އާއްމުކޮށްފައިވާއިރު ކޮވިޑް 19 އާއިގުޅިގެން 334 މީހުންގެ ވަޒީފާ ގެއްލިފައިވާކަމަށް 14 ކައުންސިލަކުން މައުލޫމާތު ދީފައިވާކަމަށް އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި 27 ރަށުގެ ތެރެއިން 7 ރަށެއްގައި މީހުން ކަރަންޓީންކޮށްފައިވާއިރު 9 ރަށެއްގައި ހޯމް އައިސްލޭޝަންގައި މީހުން ބައިތިއްބާފައިވާކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެއެވެ. މީގެ އިތުރުން އެކަށީގެންވާ މިންވަރަކަށް ކާބޯތަކެތި ލިބެން ނެތްކަމަށް ދެރަށެއްގެ ކައުންސިލުން ބުނެފައިވާއިރު މަސްދުވަހަށްވާވަރަށް ކާބޯތަކެތި ނެތްކަމަށް 9 ރަށަކުން ބުނެފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ކާބޯތަކެތީގެ އަގުބޮޑުވެފައިވާކަން 6 ރަށަކުން ބުނެފައިވާއިރު މީގެ ތެރެއިން ދެރަށަކުން ތަކެތީގެ އަގު އުފުލިފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ މަތިންކަމަށް ބުނެފައިވެއެވެ.

މިރިޕޯޓްގައި 1 ރަށެއްގައި ކާބޯތަކެތި ލިބުން ދަތި އާއިލާއެއް އެބަހުރިކަމަށާ ރަށުގެ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީން ފިޔަވައި އެހެނ ބިދޭސީންނަށް ކާބޯތަކެތި ލިބުން ދަތިކަމަށް 3 ރަށަކުން ފާހަގަކުރާކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.

ގިނަ ރަށްރަށުގައި ބޯފެން ރައްކާކޮށްފައިވާއިރު 4 ރަށެއްގައި އެކަށީގެންވާވަރަށް ބޯފެން ރައްކާކުރެވިފައިނެތްކަމަށާ ފިހާރަތަކުގައި ވިއްކަން ހުންނެ ފެނުގެ އަގުބޮޑުކޮށްފައިވާކަމަށް އެއްރަށުން މައުލޫމާތު ލިބިފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރަށް ކެއްކުމަށް ބޭނުންވާ ގޭސް ރަށުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިނެތްކަން 3 ރަށަކުން ފާހަގަކުރާކަމަށް އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ފުރަބަންދު ކޮށްފި- ބޭރުގައި އުޅުމަށް ޚާއްސަ ފާހެއް ދޫކުރަނީ

އައްޑޫ ސިޓީ ހިތަދޫގައި ކޯވިޑް 19 ގެ ބަލި ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ހިތަދޫ ފުރަބަންދު ކުރަން ...

ފޮޓޯއިން ޚަބަރު: ކޮވިޑް19 – ދަތުރުވެރީންގެ ޓެމްޕްރޭޗަރ ޗެކްކުރުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނި މިހާރު މުޅި ދުނިޔޭގައި ފެތުރިގެން އުޅޭ ކްރޯނާވައިރަސް ނުވަތަ ކޯވިޑް19 އަށް ...

ނަގިލި ނަގަން ފޭބި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

މަސްދޯންޏަކުން މިއަދު ހެނދުނު ނަގިލިނަގަން ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. ...