ކޯވިޑް-19 : މަނަދުއިން އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ

ނ.މަނަދުއިން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މަނަދުއިން މިއަދު ކޯވިޑަށް ޕޮޒިޓިވްވި 9 މީހުންނަކީ މި މަހުގެ ފުރަތަމަ ދުވަހު އެރަށުން ޕޮޒިޓިވްވި އަންހެންމީހާއާ ކޮންޓެކްޓްވި މީހުންނެވެ. މަނަދޫއިން އިތުރު ކޭސްތަކެއް ޕޮޒިޓިވްވެފައިވައިރު އެރަށްވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެރަށުން ޕޮޒިޓިވެފައިވަނީ ހޯމް އައިސޮލޭޝަންގައި ތިބިބައެކެވެ. ޕޮޒިޓިވްވި މީހުން އިރުފުށި ކަރަންޓީން ފެސިލިޓީސްއަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރުދަނީ ކުރަމުންނެވެ.

މަނަދޫން ފުރަތަމަ އެ ބައްޔަށް ޕޮޒިޓިވްވީ ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، ހާލު ބޮޑުވެގެން މާލެ ގެނައި އަންހެނެކެވެ. އޭނާގެ ދެވަނަ ޓެސްޓް ކޯވިޑަށް ނެގެޓިވްވުމުން ހެދި ތިން ވަނަ ޓެސްޓުންވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

މަނަދޫން ފުރަތަމަ އެ ބައްޔަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުން ވަނީ 15 ސިއްހީ އެހީތެރިއަކު އައިސޮލޭޓްކޮށްފައެވެ. އެޗްޕީއޭއިންދަނީ އެރަށުގައި ބައްޔަށް ޕޮޒިޓިވްވި މީހުންނާއި ދިމާވި މީހުން ދެނެގަނެ އެމީހުގެ ސާމްޕަލްތައް ނެގުގުމުގެ މަސައްކަތް ކުރަމުންނެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޯލްޑިވިއަން އިން މިއަދުން ފެށިގެން ޓިކެޓް ވިއްކަމުން ދާނީ އަގުހެޔޮ ފެޔާ ތަކުގައި

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު މިމަހުގެ 2 ވަނަ ދުވަހު  25 އާއި 30 ޕަސެންޓާ ...

ލާމު އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދޭނަން – ރައީސް

ލާމުގައި ހިންގާ އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ...

ކޮވިޑަށް ޕޮޒިޓިވްވެ ކަރީނާ ކަރަންޓީނަށް

ކަރީނާ ކަޕޫރު އަދީ އޭނާގެ ގާތް އެކުވެރިއެއްކަމަށްވާ އެކްޓްރެސް އަމްރިތާ އަރޯރާ މިދިޔަ ހޯމަ ދުވަހު ވަނީ ކޮވިޑަށް ...