އެއިމްސް ކްލިނިކަށް ފެންވަދެ ގެއްލުންތަކެއް ލިބުމުން މިއަދު ކްލިނިކު ބަންދުކޮށްފި

އައްޑޫސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައާއިގުޅިގެން ފޭދޫ އެއިމްސް ކްލިނިކަށްވެސް ފެންވަދެ ގެއްލުން ތަކެއް ލިބުމާއިގުޅިގެން މިއަދު ( 14 މެއި 2020 ވަނަދުވަހު ) އެ ކްލިކް ބަންދުކޮށްފައިވާކަމަށް އެކުލިނިކުން ހާމަކޮށްފިއެވެ. އެކުލިނިކުން ހާމަކޮށްފައިވާގޮތުން ކްލިނިކު ބަންދުކުރަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މައާފަށްވެސް އެދިފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް މޫސުން އިތުރަށް ގޯސް ވާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިންވަނީ ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިއަދު 10:00 ން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ ލާމުއަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

ދެކުނު އަތޮޅުތަކަށް ބޯކޮށްވާރޭވެހި އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ޔެލޯ އެލާޓް ނެރެފައިވާ ވަގުތު ތަކުގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުންވެސް އެކަށީގެންވެއެވެ.

ޔެލޯ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ކްލަބަކުން ކޮވިޑް 19 ގެ ހާލަތުގައި ބޭނުން ކުރެވޭ ބައެއް ތަކެތި ހަނިމާދޫ ކައުންސިލަށް ހަދިޔާކޮށްފި

ކޯވިޑް-19 ހާލަތުގައި ބޭނުން ކުރެވޭނެ ބައެއް ތަކެތި  އައްޑު އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އެފްސީ ...

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި ބުދަ ދުވަހުގެ އިރުއޮއްސި ...

ކޮވިޑު-19 އަށް ފަރުވާ ދެމުން ދަނިކޮށް 28 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކޮވިޑު-19 އަށް ފަރުވާ ދެމުން ދަނިކޮށް ދިވެހިރާއްޖޭގައި 28 އަހަރުގެ ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...