ދިރާގު ނައު އެޕް – ރޯދަމަހާ ގުޅޭ ސަޅިއެޕެއް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ގޮތަށް “ނައުއެމްވީ” ގެ ނަމުގައި ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ.

ނަމާދު ގަޑިތަކާއި، މީރު ކާއެއްޗެހީގެ ރެސިޕީތަކާއި، ދިރިއުޅުމުގެ އެކި ކަންކަމާބެހޭ ހަބަރުތަކާއި، މުހިންމު ކަންތައްތަކަށް ރިމައިންޑަރ ސެޓް ކުރުން ފަދަ ކަންތައްތަކަކީ ފޯނުން ނުވަތަ ޑިޖިޓަލް ޑިވައިސްތަކުގައި ހުންނަ ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ކޮންމެ މީހަކު ކޮށް އުޅޭ ކަންތަކެވެ. މި ދުވަސްވަރަކީ ހުރިހާ ކަމެއްހެން ގޭގައި ރައްކާތެރިކަމާއެކު ތިބިގެން ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ކުރަން ޖެހިފައިވާ ދުވަސްވަރަކަށް ވީ ހިނދު، ދިރާގުން ބޭނުންވީ ދިރާގު “ނައުއެމްވީ” އެޕް މެދުވެރުކޮށް އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނަށް ދާން ނުޖެހި، އެއް ތަނަކުން ފަސޭހަކަމާއެކު، މި ހުރިހާ ކަމެއް ކުރެވޭނެ ފަދަ ނިޒާމެއް ފޯރުކޮށްދިނުމަށެވެ.

މި އެޕް މިހާރު އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. މި އެޕް ބޭނުން ކުރުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށް ވާކަށް ނުޖެހެނޭއެނެވެ.

މި އެޕްގައި ރޯދަ މަހަށް ހާއްސަ ގިނަ ފީޗަރތަކެއް ވެސް ހިމެނެއެވެ. އެގޮތުން “ނައުއެމްވީ” އެޕް މެދުވެރިކޮށް ނަމާދު ގަޑިތަކުގެ ނޮޓިފިކޭޝަން ސެޓް ކޮށް، ރޯދަ ވީއްލަން ތައްޔާރުކުރާނެ ކާއެއްޗެހީގެ ރެސިޕީ ހޯދައި އަދި ރޯދަ ޓްރެކް ކުރުން ފަދަ ޕީޗަރތައް ހިމެނެއެވެ.

މީގެ އިތުރުން ނައު އެޕް މެދުވެރިކޮށް، “ދިރާގު ޕޭ” ގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ނައުއެމްވީ އެޕްގެ ހާއްސަ ފީޗަރތައް.

ކުރިއަށް އޮތްތަނުގައި އެޕް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުން ބޭނުންވާ ފަދަ ފީޗަރތައް ހިމެނުމުގެ މަސައްކަތް ދިރާގުން ދަނީ ކުރިއަށްގެންދަމުންނެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

Next: މަޝްހޫރު ވިޔަފާރިވެރި އެމް.އެޗް.އޭ.ގެ ބާނީ ޙުސައިން ޢަބްދުﷲ ކޯވިޑް-19 ބަލީގައި އަވަހާރަވެއްޖެ