ކޯވިޑް-19 : “އައްޑޫ ސިޓީގެ ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ސަރުކާރުން ކަށަވަރުކޮށްދޭނެ”

ކޯވިޑް-19އާ ގުޅިގެން އައްޑޫ ސިޓީގައި ޓެސްޓްކުރެވޭނެ އިންތިޒާމުތަކާއި، ޞިއްޙީގޮތުން ހުރި ގޮންޖެހުންތަކަށް އަވަސް ހައްލުތަކެއް ހޯއްދަވައި ދެއްވާނެކަމުގެ ޔީގީންކަން ސަރުކާރުން ދެއްވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްޖޭގެ ދެވަނަ އަށް އެންމެބޮޑު އާބާދީ ހިމެނޭ އައްޑޫ ސީޓީގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ނައިބް ރައީސް ފައިސަލް ނަސީމްއާއި، ހެލްތް މިނިސްޓަރ އަބްދުﷲ އަމީނާއެކު އައްޑޫސިޓީގެ 7 ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ރޭ ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގައި ނައިބް ރައީސްވަނީ އައްޑޫސިޓީއާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައިވެސް ބަލި ފެތުރި، އެކަން ކޮންޓްރޯ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް ބޭނުންވާ ޓެސްޓް ކިޓްތައް ހޯދުމާއި، އަތޮޅުތަކުގައިވެސް ޓެސްޓްކޮށް ނަތީޖާ ލިބޭ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތެކެވެ. މިކަމުގައި ޑަބްލިއުއެޗްއޯގެ މިންގަޑުތަކާއިއެކު ޓެސްޓްކުރެވޭނެ ގޮތްކަކާއި، ބޭނުންވާ ކިޓްތައް ހޯދުމުގައި ހުއްތުމެތްނެތި މަސައްކަތް ކުރަމުންދާކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ އައްޑޫގައި ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިވަގުުތުއޮތް ގޮންޖެހުމަކީ ރައްޖޭގައި ހުރި މެޝިންތަކަށް ބޭނުންވާ ކާޓްރިޖް ނުލިބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކާޓްރިޖްތައް ލިބޭނެކަމަށް ޑަބްލިއުއެޗްއޯއިން ކުރިން ދިން މުއްދަތަށް ލިބިފައި ނުވަނީ އެ އުފައްދާ ކުންފުނިތަކުން އުފެއްދުމުގައި ލަސްތަކެއް ވުންކަމަށާ، ނަމަވެސް މިމަހުގެ ފަހުކޮޅު ކާޓްރިޖްތައް ލިބޭނެކަމުގެ ޔަގީންކަން ޑަބްލިއު އެޗްއޯއިން ދެއްވާފައިވާކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

މިވަގުތު އައްޑޫސިޓީގައި ކޯވިޑް-19ގެ ކޭހެއް ނެތް ނަމަވެސް އައްޑޫގައި ސާމްޕަލް ނަގައި 24 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

އައްޑޫއަށް ނިސްބަތްވާ 7 މެމްބަރުންނާއިއެކު ބޭއްވި މިބައްދަލުވުމުގައިވަނީ މުހިންމު ގިނަ ކަންކަމާމެދުވަނީ މަޝްވަރާކުރައްވާފައެވެ. އައްޑޫގައި ކޯވިޑް-19އަށް ވީހާވެސް އަވަސްގޮތެއްގައި ޓެސްޓްކުރެވޭނެ ގޮތެއް ހަމަޖެއްސުމާއި، އިތުރު ޕީޕީއީއާއި، މާސްކްފަދަ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކަރަންޓީން ފެސިލިޓީސްތައް އިތުރުކުރުމާއި ސެކިއުރިޓީގެ ކަންކަމާއި ގުޅޭގޮތުންނާއި ފުލުހުންގެ ޚިދުމަތް ވަރުދަކުރުމުގެ އިތުރުން މާލޭގައި އައްޑުއަށްނުދެވި ތާށިވެފައިިވާ މީހުންނަށް ދެވޭނެގޮތެއް ހޯދުމާގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގައި ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިއުތިމާސްކޮށްފި

ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ މި ...

ކޮވިޑް- 19 މި ހަފްތާގައި 5 މީހަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން މި ހަފްތާތެރޭގައި ފަސްވަނަ  މީހަކު މަރުވެއްޖެއެވެ. އޭގެ ތެރެއިން ދެ މީހުން މަރުވީ މިއަދެވެ އެޗްޕީއޭ ...

ފޮޓޯއިން ޚަބަރު: ވޭރާނޑި މައިޒާން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ މީދޫ ” ވޭރާނޑި މައިޒާން”  – މި މައިޒާން އަކީ މީދޫ ...