ކޮމިއުނިޓީ ސްޕެރެޑެއް އައްޑޫގައި އޮތްކަމަށް ގަބޫލް ކުރެވޭ – ސޯބެ

އައްޑޫގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕެރެޑެއް އޮތްކަމަށް ގަބޫލް ކުރެވޭކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.  ސޯބެ މިހެންވީ އައްޑޫން އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސޯބެ މިހެން ވިދާޅުވެފައިވާއިރު މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރަ ޝަރަފު ސާދާތު (ސާތު)  ވިދާޅުވީ އައްޑޫގައި ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ބޭނުން ކުރާނެ އެކަށީގެންވާ މިންވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓް (ޕީޕީއީ) ވެސް މިވަގުތު ނެތްކަމަށެވެ.

” ކޮވިޑް-19 ގައި ބޭނުންކުރާނެ ޕީޕީއީގެ ކޮންމެވެސް ވަރެއް އައްޑޫއަށް ލިބިފައިވޭ .  ނަމަވެސް އެންމެ ބޭނުންވާ މިންވަރަށް ޕީޕީއީ ނެތް ”  އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރަ ޝަރަފު ސާދާތު (ސާތު)  ވިދާޅުވިއެވެ.

އިއްޔެ އައްޑޫ ހޮސްޕިޓަލަށް ގެންދިަޔަ  މީހަކު މިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެމީހާއަށް ހޮސްޕިޓަލުން ފަރުވާދިން އެއްވެސް ފަރާތަކުން ޕީޕީއީ ބޭނުންކޮށްފައި ނުވާއިރު އެމީހާއަށް ފަރުވާދިނުމުގައި އެހީތެރިވި ބައެެއް ޑޮކްޓަރުންނާއި ނަރުހުން އަންގީ އަދި މާސްކުވެސް ނާޅައި ބަލި މީހާއަށް ފަރުވާދީފައިވާ ކަން އެނގިފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީން  ކޮވިޑަށް ޕޮޒިޓިއުވިމީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެގުނީ އެމީހާ އިތުރު ފަރުވާ ދިނުމަށް   މާލެ ގެންގޮސް އައިޖީއެމްއެޗުން  ހެދި ޓެސްޓުންނެވެ.  .

Next: ކުޅުދުއްފުށީ ސިޓީ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތްތެރި މޫނުތައް