އައްޑޫ ސިޓީ 14 ދުވަހަށް ފުރަބަންދު ކުރަން ނިންމައިފިއެވެ.
އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިގް ވިދާޅުވީ އައްޑޫ ސިޓީން މާލެއަށް ގެނައި ބަލި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑެއް އުޅެދާނެކަމަށް ބެލެވޭތީ އެ ސިޓީ ފުރަބަންދު ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ޙެލްތުން އަންގަވާފައިވާކަމަށެވެ. އަދި ފުރަބަންދުގެ މުއްދަތުގައި ކޮންމެހެން ނުކުންނަންޖެހޭ ޙާލަތެއްގައި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުކުތުން މަނާވާނެ ކަމަށެވެ. އަދި އައްޑޫ ސިޓީން ބޭރަށްވެސް އަދި އައްޑޫ ސިޓީއަށްވެސް އެއްވެސް މީހަކަށް ނުދެވޭނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
މި ހާލަތުގައި އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދޭނެ މަގު ފަހިކޮށްދެވޭނެ އިންތިޒާމް މިހާރު ހަމަޖައްސަވާފައިވާކަމަށްވެސް އައްޑޫ ސިޓީގެ މޭޔަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން އަވަށްތަކުގައި ޤާއިމްކޮށްފައިވާ ސޯޝަލް ޑެސްކުތަކަށް ގުޅުމުން އާންމުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ….