ކޮވިޑް-19: އައްޑު އިން މާލެ ގެންދިޔަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް

އައްޑޫ ސިޓީން އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަކީ މާޗް 10 ވަނަ ދުވަހު ރިސޯޓަކުން އައްޑުއަށް ދިޔަ މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ ޕޮޒިޓިވްވީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މާލެ ގެންދިއުމުން އައިޖީއެމްއެޗްގައި ހެދި ޓެސްޓްތަކުންނެވެ. އޭނާ އައްޑޫ ހޮސްޕިޓަލަށް ގެންދިޔައީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ޕޮޒިޓިވްވެފައި ވަނީ އައްޑޫ ސިޓީ މަރަދޫ ފޭދުއަށް ނިސްބަތްވާ މީހެކެވެ. އޭނާ އަކީ މަރަފޫފޭދޫ މީހެއްކަމުގައިވިޔަސް އޭނާ ހިތަދޫ މީހަކާ ކައިވެނިކޮށްގެން ދިރިއުޅެމުންދަނީ ހިތަދޫގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ އޭނާ މާލެ ގެންދިޔައީ ރޭގެ ވަގުތެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އޭނާ އަށް ފަރުވާ ދިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ކޮޮންޓެކްޓު ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް މައުލޫމާތު ލިބެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޓީ ހޮޓާތަކަށާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަށާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ...

މިއަހަރުގެ 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް ވެލާނާ ...

ޕްރިމިއާލީގުގެ ކުޅުންތެރީންގެ މުސާރަ ކުޑަކުރަން އެއްބަސް ނުވުމަށް ޕީއެފްއޭ އިން ކުޅުންތެރީންނަށް އިރުޝާދު ދީފި

އިގިރޭސި ޕްރިމިއާލީގުގެ ކުޅުންތެރީންގެ މުސާރަ ކުޑަކުރުމަށް ކުލަބްތަކުން ހުށަހެޅިނަމަވެސް އެގޮތައް އެއްބަސް ނުވާން ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން “ޕީއެފްއޭ” ...