ކޮވިޑް 19 : ރަށްރަށަށް މީހުން ފޮނުވުމުގައި އެހެން ވިސްނުމަކަށް ދަނީ

މާލެ ފުރަބަންދު ކުރުމާއި ގުޅިގެން، މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ގެންދިޔުން ހުއްޓާލަން ޖެހޭ ކަމުގެ އިޝާރާތެއް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ދެއްވައިފި އެވެ.

ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި އިމްރާން ވިދާޅުވީ، ރަށްރަށަށް ދާން ބޭނުންވާ ފަރާތްތައް ފޮނުވާލުމުގައި އިތުރު ވިސްނުންތަކަކަށް ސަރުކާރުން ދާން ޖެހިއްޖެ ކަމަށެވެ. މިހެން ވިދާޅުވީ ކަމުގައިވީ ނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އިހްސާސްތައް އެނގިވަޑައިގަންނަވާ ކަމަށާއި، މާލޭގައި ދިރިއުޅެވޭނެ ގޮތެއް ނެތި ރަށަށް ދެވޭނެ ގޮތެއް ނެތި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ބަޔަކު މާލޭގައި ތިބިކަން އިމްރާން ފާހަގަކުރެއްވި އެވެ.

މާލޭގައި ތިބި މީހުން ރަށްރަށަށް ގެންދިޔުމުގައި އެންމެ އިސްރޯލެއް އަދާކުރަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިތުރުން ޖެންޑަރ މިނިސްޓްރީންނެވެ. ރަށަށްދާން ބޭނުންވާ ފަރާތްތަކުން ޖެންޑަރ ގައި އެދުމުން އެ މިނިސްޓްރީން މީހުން ފޮނުވަނީ އެކުލަވާލާފައިވާ އުސޫލުގެ ދަށުންނެވެ. އެ އުސޫލުގެ ދަށުން ރަށްރަށަށް ދާން ބޭނުންވާ ފަރާތްތަަކަށް ރަށަށް ދެވެނީ އެޗްޕީއޭއިން ކަނޑައަޅާ ކަރަންޓީނު ފެސިލިޓީއެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށް ފަހުއެވެ.

އިމްރާން ވިދާޅުވީ، އަތޮޅު ތެރެއިން މީހުންނަށް މާލެއަށް ފަސޭހަކަމާއިއެކު އާދެވެން ބޭނުންވީ ނަމަވެސް، އެކަން ކުރަން ޖެހޭނީ ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ގޮތަކަށް ކަމަށެވެ. މިނިސްޓަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލި ނެތް ރަށަކަށް، މާލެއިންދާ ފަރާތްތަކުގެ ސަބަބުން ބަލި ފެތުރިދާނެތީ އެވެ.

މިހާތަނަކަށް މާލޭގައި ތާށިވެފައި ތިބި ރައްޔިތުން، އަނބުރާ ރަށަށް ދާން ހުޅުވާލާފައިވާ ފުރުސަތު ހުއްޓާލާފައެއް ނުވެ އެވެ. ނަމަވެސް، މިހާރު ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ރަށަށް ދެވޭނެ ގޮތެއް ނެތް އެތައް ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެ ތެރޭގައި ގިނައީ، އާމްދަނީ އަށް އައި ހީނަރުކަމާއި ގުޅިގެން ކުލި ނުދެއްކިގެން އަނބުރާ ރަށަށް ދާން ބޭނުންވާ ފަރާތްތަކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަޅުގަޑުގެ ސިޔާސީ ހަޔާތް ނިމުނުކަމަށް ދެކެވަޑައި ނުގަންނަވަން- ރައީސް ނަޝީދު

ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް  ނިމުނުކަމަށް ދެކެވަޑައި ނުގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެވެ. ރައީސް ނަޝީދު މިހެންވިދާޅުވީ ނަޝީދުގެ މައްޗަށް ...

މޫސުން ގޯސްވެ، ދެކުނުގެ ސަރަަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ، ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ގއ. ...

ނެޓްބޯޅަ : ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރުކޮށްފި

މިހާރު މީދޫގައި ކުރިއަށްދާ އެމްއީސީ ބަދަހިކަޕް  ނެޓްބޯލް މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރު ...