ގައުމީ ޓާސްކް ފޯސްއެއް އުފައްދެވުމަށް ރައީސް ނިންމަވައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެ، އާންމު ހާލަތަށް ރުޖޫއަވުމަށާއި އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު އާރާސްތު ކުރުމަށް ގައުމީ ޓާސްކް ފޯސްއެއް އުފެއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުން “ނެޝަނަލް ޓާސްކް ފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ” ގެ ނަމުގައި ޓާސްކްފޯސް އެއް އުފެއްދެވުމަށް، އޭޕްރިލް 13 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ޓާސްކް ފޯހުގެ މައިގަނޑު މަގްސަދަކީ މިހާރު ދިމާވެފައިވާ ހާލަތުން އިގްތިސާދީ އަވަސް ރިކަވަރީ އަކަށް ވާސިލުވާއި ދުވެލި އާރާސްތުކުރުމަށް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއެކު ހިޔާލާ، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުންކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މި ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެފައިވާ މަޑުޖެހުމާއެކު ވިޔަފާރިތަކަށާއި އަދި އާންމު ރައްޔިތުންގެ ދިރިއުޅުމާ އާމްދަނީއަށް ކުރިމަތިވަމުންދާ ދަތިތަކަށް ޓާސްކް ފޯސް އުފެއްދުމުން ހައްލު ލިބިގެންދާނެކަމަށާއި މި ދަތިތަކާ ގުޅިގެން އިޖްތިމާއީ ގޮތުން ދިމާވަމުންދާ އަދި ކުރިއަށް އޮތްތަނުގައި އަތުވެދާނެ އެކި އެކި މައްސަލަތަކަށް ފާރަވެރި ވެވޭނެކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި

އެކަނިވެރި މަންމައިންނާއި ބައްފައިންނަށް 10،000 ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ، އެކަނި ...

ކޮވިޑާއި ގުޅިގެން އައްޑޫގައި އަޅާފައިވާފިޔަވަޅުތައް ވަރުގަދަކޮށް10 ގަޑިއިރަށް ކާފިއު

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅު އިތުރަށް ވަރުގަދަކޮށް މާދަމާ 18:00 ން ފަތިހު ...

ޕީއެންސީ ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ހުރަހެއް ނޯންނާނެ – އަހުމަދު ޝަރީފް

Advertisement ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ އުފައްދާ “ޕީޕަލްސް ނޭޝަނަލް ކޮންގްރެސް” ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން ރައްޔިތުންގެ ...