ކޮވިޑް 19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ލަލީގާގެ ކުޅުން އަންނަ ޖޫންމަހު ފަށަން ތައްޔާރުވަމުން އަންނަކަމަށް ސްޕެނިޝް ލީގުން ބުނެފިއެވެ.
ލަލީގާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ޖޫންމަހު ސީނޒަންގެ ނުނިމިއޮތްބައި ފެށުމަށްޓަކައި މިހާރު ފަރިިތަކުރުން ކުރިއަށް ގެންދާނެ ރައްކާތެރި ފޯމެޓެއް އެކުލަވާލެވިފައިވާކަމަށާ ޖޫންމަހު ލީގުގެ ކުޅުން ފަށާނީ ކުޅުންތެރީންނާއި ސްޓާފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ.
ލަލީގާއިން ބުނެފައިވާގޮތުން އެންމެ ފުރަތަމަ ކުޅުންތެރީން ޖެހޭނީ ވަކުވަކިން ފަރިތަކުރުން ކުރިއަށް ގެންދަންކަމަށެވެ ، އަދި ޓްރެއިނިންގ ފެސިލިޓީތަކަށް ކުޅުންތެރީން ގެންދެވޭނީ ކޮވިޑް 19 އަށް ޓެސްޓް ކުރުމަށްފަހުގައިކަމަށްވެސް ލަލީގާއިން ވަނީ ބުނެފައެވެ. އަދިޓީމް އެއްކޮށް ފަރިތަކުރުންފެށޭނީ ވަކި ގްރޫޕް ތަކަކަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ވަކި މުއަދަތެއް ފުރިހަމަ ކުރުމަށްފަހުގައިކަމަށްވެސް ލަލީގާއިންވަނީ ހާމަކޮށްފައެވެ
ލަލީގާއިން ބުނެފައިވަނީ މިގޮތައް ފަރިތަކުރުން ކުރިއަށް ގެންދަން ހަމަޖެއްސީ ކުޅުންތެރީންނާއި ސްޓާފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައިކަމަށެވެ. އަދި މިގޮތައް ފަރިތަކުރުން ކުރިއަށް ގެންދިއުމުން އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަސް ފިޔަވަޅުއަޅަން ފަސޭހަވާނެކަށްވެސް ލަލީގާއިން ވަނީ ހާމަކޮށްފައެވެ. .
ސްޕެއިންގައި ކޮވިޑް 19 ހަލުއިކަމާއެކު ފެތުރެން ފެށުމާއިގުޅިގެން ސްޕެނިޝް ލީގުގެ ކުޅުން މެދުކަނޑާލިއިރު އެއްވަނާގައި ބާސެލޯނާއޮތީ ވާދަވެރި ރެއާލް މެޑްރިޑަށްވުރެ އެންމެ 2 ޕޮއިންޓް ކުރި ލިބިގެންނެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް