ނިއުލައިން ބޯޓްގެ ފަޅުވެރީންގެ ސާމްޕަލްތައް ނެގެޓިވް

ހުޅުދޫ ނިއުލައިން ބޯޓްގެ 11 ފަޅުވެރިއެއްގެ ގައިން  ކޮވިޑް-19 އަށް ޓެސްޓް ހެދުމަށް ނެގި ސާމްޕަލްތައް ނެގެޓިވް ވެއްޖެވެ.

ނިއުލައިން ބޯޓު މިދިޔަމަހުގެ 17 ވަނަ ދުވަހު މާލެން ފުރައިގެން ހުޅުދުއަށް  އައިސްފައި ވަނީ 20  އޭޕްރީލް 2020 ވީ ހޯމަ ދުވަހުއެވެ. މި ބޯޓު ރަށަށް އައުމާއެކު ބޯޓުގެ 11 ފަޅުވެރިންގެ ތެރެއިން 10  ފަޅުވެރީންނާއިއެކު ބޯޓު ވަނީ އެކަހެރިކޮށްފައެވެ. މިބޯޓްގެ އަނެއް ފަޅުވެރިޔާ އެކަހެރި ކުރެވިފައިވަނީ އޭނާގެ ގޭގައެވެ.

މިބޯޓުގެ 11 ފަޅުވެރިއެއްގެ ގައިން ސާމްޕަލް ނަގާފައިވަނީ ބޯޓް މާލެން ފުރިތާ 14 ދުވަސް 30 އެޕްރީލްގެ ނިޔަލަށް ހަމަވުމާއިގުޅިގެން ބޯޓް އެކަހެރިކޮށްފައިވާ އެކަހެރިކުރުމުން ދޫކޮށްލުމަށް  ބަލަންޖެހޭ ބެލުންތައް ބެލުމަށް ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން 30 އެޕްރީލް 2020 ވަނަދުވަހު ހަވީރު ބޯޓަށް ގޮސް ބޯޓްގެ ފަޅުވެރީން ބަލާ ޗެކްކުރުމުން ދެފަޅުވެރިއެއްގެ ގައިން ހުމުގެ އަސަރު ފެނުމާއި ގުޅިގެން އެކަން އެޗްޕީއަށް ރިޕޯޓްކޮށް އެޗްޕީއޭގެ ލަފާގެ މަތިންނެވެ.

މީގެ އިތުރަށް އައްޑުއަތޮޅުން 30 އެޕްރީލް 2020 ގައި ނެގުނު އެހެން ސާމްޕަލްތައްވެސްވަނީ ނެގެޓިވް ވެފައެވެ.  އެއީ އެމްއެންޑީއެފްގެ 5 މީހެއްގެ ސާމްޕަލްގެ އިތުރުން ރިސޯޓަކުން އައި މީހަކާއި، ކޭސް 21 އާއި ގުޅޭ ޑައިރެކްޓް ކޮންޓެކްޓެއްގެ ތިންވަނަ ސާމްޕަލްއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއިން އިތުރު 141 ދިވެހިން ޕޮޒިޓިވްވެ އިއްޔެ ޕޮޒިޓިވްވި ޖުމްލަ އަދަދު 176 އަކަށް

ރާއްޖެއިން ކޮވިޑް 19 އަށް އިއްޔެ 176 މީހަކު ޕޮޒިޓިވްވެ ޕޮޒިޓިވްވި ދިވެހިންގެ އަދަދު 141 އަރާފައިވާކަމަށް ހެލްތް ...

އައްޑޫ ސިޓީ އިން އިތުރު 16 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ އިން އިތުރު 16 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ...

އަސްރާ ނޭވާލަނީ އޮކްސިޖަން ޓޭންކެއްގެ އެހީގައި، ހިތާއި ފުއްޕާމޭވެސް ބަދަލު ކުރަން ޖެހޭ

ދުނިޔެވީ ހަޔާތަކީ އެކި އިމްތިހާނުތަކާއި ކުރިމަތިލާން ޖެހޭ ވަގުތީ މަންޒިލެކެވެ.  އެކި އިންސާނުންނަށް ދިމާވާނީ އެކި އިމްތިހާނުތަކެވެ. އެކި ...