ޗައިނާ ސަރުކާރުން އަދި ޗައިނާގެ ބިލިއަނަރެއް ކަމަށްވާ ޖެކްމާ އަދި ޗައިނާގެ ބައެއް ކުންފުނިތަކުން ދިވެހިރާއްޖެއަށް ހަދިޔާ ކުރި އެހީގެ ތަކެތި ޗާޓަރު ފްލައިޓެއްގައި މިއަދު ރާއްޖެ ގެނެސްފިއެވެ.

މިގޮތުން މިއަދު ލިބުނު އެހީގެ ސާމާނުގެ ތެރޭގައި ހިމެނެނީ މާސްކާއި، ރައްކާތެރިކަމުގެ ގޮތުން އަޅާ ހެދުމާއި، ހޮސްޕިޓަލް އެނދާއި، ވެންޓިލޭޓަރު އަދި ތާމޯމީޓަރު ފަދަ އިތުރު ބައެއް ތަކެއްޗެވެ. މީގެ މަހެއްހާ ދުވަސް ކުރިންވެސް ޗައިނާ އިންވަނީ ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާކޮށްފައެވެ.

ޗައިނާއިން  މިއަދު ގެނައި ބައެއް ތަކެތި:

10 ވެންޓިލޭޓަރު

ޑިސްޕޯސަބުލް ޕްރޮޓެކްޓިވް މާސްކް (20،9080)

އެން 95 ޕްރޮޓެކްޓިވް 11،500 މާސްކް

ކޭއެން 95 ޕްރޮޓެކްޓިވް 20،000 މާސްކް

އިންފްރާރެޑް ތާމޯމީޓަރު  50

ގޮގުލް   500

ފަރުވާދޭ 20 އެނދު

ޓެސްޓިން ކިޓް 10،000

ރާއްޖެ އަށް އެހީވި ޗައިނާގެ އަމިއްލަ ކުންފުނިތައް:

1 އަލީ ބާބާ ފައުންޑޭޝަން/ ޖެކް މާ ފައުންޑޭޝަން.

2 ޗައިނާ މާޝަންޓްސް ޕޯޓް ގްރޫޕް ކޯ ލިމިޓެޑް.

3 ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން.

-4 ބެއިޖިން އާބަން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޯ ލިމިޓެޑް.

-5 ޑޮންފެންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން.

– 6  ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް.

-7 ޗައިނާ ކޮމިއުނިކޭޝަންސް ސެކަންޑް ނެވިގޭޝަނަލް ބިއުރޯ.

– 8 ސެކަންޑް އިންޖިނިއަރިން ކޯ ލިމިޓެޑް.

-9 ވާވޭ ޓެކްނޮލޮޖީސް ކޯ ލިމިޓެޑް.

މިތަކެތި ލިބުމާއި  ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު މިއަދު ނެރުއްވި ބަޔާނެއްގައިވަނީ ޗައިނާ އަށް ޝުކުރު ދަންނަވާފައެވެ.

“މީގެ އެއްމަސް ދުވަސް ކުރިން ޗައިނާއިން ވަނީ ރާއްޖޭގައި އޮތް ކޮވިޑް19 ގެ ބަލިމަޑުކަމަށް އެވަގުތަށް އެންމެ ބޭނުންވި ސިއްޚީ ސާމާނު, ހިލޭ އެހީގެ ގޮތުގައި އެ މުހިންމު ދަނޑިވަޅުގައި ހަދިޔާކޮށް ދެއްވާފައެވެ. މިއަދު އަނެއްކާވެސް ފުލައިޓެއް ފުރާ, މި ބަލިމަޑުކަމުން ދިފާޢު ވުމަށް ބޭނުންވާ ސިއްހީ އާލާތާއި ވެންޓިލޭޓަރުގެ ދީލަތި އެހީ ޗައިނާއިން ލިބިގެންދާއިރު އެކަމަށްޓަކައި އެޤައުމަށް ހިފެހެއްޓުމެއްނެތި މަރުހަބާ ދަންނަވަމެވެ. މި އެހީތެރިކަން ޗައިނާއިން ލިބިގެން މިދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި މިބަލި ފެތުރުން އިތުރުވެ, އެހީތެރިކަމަށް ބޭނުން ބޮޑުވެފައިވާ މުހިންމު ދަނޑިވަޅެއްގައި” ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދުވަނީ ޗައިނާގެ ރައީސް ޝީ އަށާއި ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޒީ އާއި ޗައިނާގެ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

ކޮވިޑު-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަނީ ޗައިނާއިންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ކޮބާހޭ ފަންޑު ކުރި މީހާ”

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އަށް ފަންޑު ކުރި މީހުން ...

އައްޑޫސިޓީން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫސިޓީން އިތުރު 3 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެވެ. އައްޑޫ ސިޓީން އަލަށް ނެގުނު 331 ސާމްޕަލްތަލުގެ ...

އިތުރު 11 މީހަކު މީދުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ސ.މީދުން އިތުރު 11 މީހަކު  ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި  މީދުން އިތުރަށް ފައްސިވި ...