ރިމޯޓް އެޑިއުކޭޝަން އަށް މަގުފަހިކޮށްދިނުމަށް އެޑިއުކޭޝަން ޒޯނެއް ދިރާގު ޓީވީގައި ގާއިމުކޮށްފި

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށް މިވަނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ކުރިއަށްވުރެ އިތުރަށް ޖެހިފައިއެވެ. އެގޮތުން، ރިމޯޓް އެޑިއުކޭޝަންއަށް މަގުފަހިކޮށް ކިޔަވާކުދިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ދިރާގުޓީވީ ވީއޯޑީ ޕްލެޓްފޯމުގައި ޚާއްސަ އެޑިއުކޭޝަން ޒޯނެއް “އެޑިއު ޒޯން”ގެ ނަމުގައި ގާއިމުކޮށްފިއެވެ.

އެޑިއު ޒޯންގައި ހިމެނޭ ކޮންޓެންޓް ހޯދާފައިވަނީ ރާއްޖޭގެ މަޝްހޫރު އެޑިއުކޭޝަން ކޮންޓެންޓް ޑިވެލޮޕް ކުރާ ބައެއްކަމުގައިވާ ހޮލޯގޯއާ ގުޅިގެންނެވެ. އެގޮތުން، ހޮލޮގޯ ވަނީ ދާދި ފަހުން ގޭގައި ތިބެގެން ކިޔެވުމަށް އެންމެ ރަނގަޅު އެޕެއް ކަމަށް އެޕަލް އިން ލިސްޓްކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ވެސް ހިމެނިފައިއެވެ. މި ޚިދުމަތް ދިރާގު ޓީވީ މެދުވެރިކޮށް އެއްވެސް އަގަކާނުލާ މެއި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެއެވެ. ދިރާގު ޓީވީގެ އެޑިއު ޒޯންގެ ކޮންޓެންޓްތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ނުވަތަ ވީ. އޯ. ޑީ ފީޗަރއިން ޖޮއިބޮކްސް މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ގޭގައި ދިރާގު ޓީވީ ނުހުންނަ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ މޮބައިލް އެޕް، ޓެބްލެޓް ނުވަތަ މޯބައިލް ފޯނަށް އަޅާ ޔޫސަރނޭމް އަދި ޕާސްވޯޑެއްގެ ގޮތުގައި “Play” ޖެހުމަށްފަހު މި ކޮންޓެންޓްތައް ބަލާލެވޭނެއެވެ.  ދިރާގު ޓީވީ އެޕް ބޭނުން ކުރުމަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްތަކަކުން އެއްވެސް ޑޭޓާ ޗާޖެއް ނުހިގާނެއެވެ.

މި ދުވަސްކޮޅާ ގުޅިން މި ކޮންޓެންޓްތައް ހިލޭ ކޮންމެ ކިޔަވާކުއްޖަކަށްވެސް ބަލާލެވުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ބޭނުމަކީ މިފަދަ ދަނޑިވަޅެއްގައިވެސް ސްކޫލް ކުދިންގެ ކިޔެވުމަށް ބުރޫނާރޭނެހެން، ބޭނުންތެރި ތައުލީމީ ކޮންޓެންޓް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ބޭނުމުގައިއެވެ. ދިރާގުޓީވީ އަކީ މިހާރު ރާއްޖޭގައި ހުރި ހަމައެކަނި “އެޑިއުޓެއިންމެންޓް” ޕެލެޓްފޯމެވެ. އެޑިއުޒޯންގައި އައިޖީސީއެސްއީ ކަރިކިއުލަމްގެ މާއްދާތަކާ ގުޅޭ މުހިންމު ކޮންޓެންޓް އެކުލެވިގެންވެއެވެ. އަދި މީގެ ތެރޭގައި ވީޑިއޯ ފިލާވަޅުތަކުގެ އިތުރުން އޯގްމެންޓެޑް ރިއަލިޓީ ނުވަތަ އޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ގެނެސްދޭ ބައެއް ފިލާވަޅުތައްވެސް ހިމެނެއެވެ. އެޑިއު ޒޯންގައި އެކުލެވިގެންވާ ކޮންޓެންޓް ހަދާފައިވަނީ ތައުލީމީ ދައިރާގެ ބޭފުޅުންގެ ލަފާގެ މަތިން ގްރޭޑް 6 އިން 10 އަށް ކިޔަވާ ދަރިވަރުނަށް އަމާޒުކޮށްގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ގޯތިތައް ހުސްކުރަން ކައުންސިލުން އެންގި އެންގުން ރަނގަޅު: ހައިކޯޓު

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހުސް ކުރުމަށް އެ ސިޓީގެ ކައުންސިލުން އެންގި ...

ޑިސެމްބަރު 15 ގެ ނިޔަލަށް ގިރިފުށްޓާއި ގަމުގައި އަސްކަރީ ތަމްރީނުތަކެއް

ކ.ގިރިފުށްޓާއި ސ.ގަމުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ނިންމައިފިއެވެ. ގިރިފުށީގައި އަސްކަރީ ތަމްރީނުތައް ...

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދ އަތޮޅން ފެށިގެން އައްޑުއަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ، ...