5 ދިވެއްސަކާއި 1 ބިދޭސީއަކު ކޮވިޑް 19 އަށް ޕޮޒިޓީވް ވެއްޖެ

ރާއްޖެއިން އިތުރު ފަސް ދިވެއްސަކާއި، ބިދޭސީއަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެވެ.

މިކަން ހާމަކޮށްފައި އެޗްޕީއޭއިން ކޮށްފައިވާ ޓުވިޓެއްގައެވެ. އެޓުވިޓުގައި ވަނީ، އިތުރު ފަސް ދިވެއްސަކާއި، ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

މިއާއެކު މިއަދު މިހާތަަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. މީގެ އެޗްޕީއޭ އިން މިއަދު ވަނީ ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން ހާމަކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި، ބަންގްލަދޭޝް މީހަކާއި، ޕާކިސްތާނު މީހެކެވެ.

އެހެންކަމުން މިއަދު ޕޮޒިޓިވްވި 12 މީހުންނާއެކު  ރާއްޖެއިން މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 226 އަށް ވަނީ އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުުންގެ ތެރޭގައި 137 މީހުންނަކީ ބިދޭސީންނެވެ. އަދި 89 މީހުންނަކީ ދިވެހިންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑެލިވަރީކުރުން މުޅިން ހުއްޓާލަން ޖެހިދާނެ – ނަވީން

ޑެލިވަރީ ކުރުން މުޅިން ހުއްޓާލައި، ހަމައެކަނި ވިޔަފާރިކުރަން ދޫކުރާ ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭ ގޮތަށް ބަދަލުކުރަން ޖެހިދާނެ ...

މާދަމާ މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މާދަމާ ( 26 ޖޫން 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލާ ބިޒްނަސް ހޮޓަލަކަށް ބަދަލުކުރާނަން: ރައީސް

މާލޭ ކައިރީގައި އޮތް ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ތާނގިތައް އެހެން ތަނަކަށް ބަދަލުކޮށް ވިޔަފާރިއާއި ޒަމާނީ ހޮޓަލަކާއެކު ...