މާލެ އަތޮޅު ތުލުސްދޫއިންވެސް 2 މީހުން  ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

“މައުލޫމާތު ލިބިފައިވާ ގޮތުގައި ތުލުސްދޫއިން ޕޮޒިޓިވް ވެފައި ވަނީ ބިދެސީ 2 މީހުންނެވެ. އެ ދެމީހުން ޕޮޒިޓިވް ކަން އެނގިފައިވަނީ، މާލެއިން ފެނުނު ތުލުސްދޫއާ ގުޅުން ހުރި 2 ކޭސްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ.

ތުލުސްދޫއިން ޕޮޒިޓިވް ވި 2 ބިދޭސީން ކައި ބޮއެ ހަދަނީ ދިވެހިން ތިބޭ ގެއަކުން ކަމަށާއި އެމީހުންނާ ބައްދަލުވި މީހުން ދެނެގަތުމަށް އެޗްޕީއޭއިން ދަނީ މަސައްކަތް ކުރަމުން ކަމަށް އެ ރަށު މީހަކު މައުލުމާތު ދެއެވެ. އެގޮތުން އެމީހުންނާ ގާތުން ބައްދަލުވެފައިވާ ދިވެއްސެއްގެ ގައިން މިހާރުވެސް ބަލީގެ އަލާމަތް ފެންނަމުންދާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މަހުގެ 15 ވަނަ ދުވަހު މާލޭގައި ކޮވިޑް ފެތުރެން ފަށާފައިވާތީ މާލެ ވަނީ ލޮކްޑައުން ކޮށްފައެވެ. ނަމަވެސް އެ ދުވަހު މާލެއިން ފުރައިގެން ލޮކްޑައުން ކުރުމުގެ ކުރިން ރަށްރަށަށް މީހުން ގޮސްފައި ވާތީ މާލެއިން ފެނުނު ބައެއް ކޭސްތަކާ ގުޅުން ހުރި މީހުން ދިޔަ ރަށްރަށް އެޗްޕީއޭއިން ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.  .

މި މަހުގެ 15 ވަނަ ދުވަހު މާލެއަށް އައި، ތުލުސްދޫގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގައި މަސައްކަތް ކުރި ދިވެއްސަކާއި ބިދޭސީއެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެމީހުން ޕޮޒިޓިވް ވި ކަން އެނގިފައި ވަނީ މި މަހުގެ 21 ވަަނ ދުވަހުއެވެ. އެހަން ކަމުން ތުލުސްދޫއިން ވަނީ ކޮންޓެކްޓް ޓްރޭސިން ހަދައި ގިނަ އަދަދެއްގެ މީހުންގެ ގައިން ސާމްޕަލް ވެސް ނަގާފައެވެ. އެގޮތުން މިއަދު ޕޮޒިޓިވް ވި ދެމީހުންނަކީ ސާމްޕަލް ނެގުނު މީހުންގެ ތެރެއިން 2 މީހެކެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ލޮކްޑައުން އުވާލެވޭނީ މިހާރު ފެންނަ ކޭސްތައް ކޮންމެވެސް ވަރަކަށް ހައްލުވެގެން ކަމަށާއި ބެކްލޮގް ކްލިއާ ވެގެން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރަށްރަށަށް ވެސް މި ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާރު ކޮވިޑްއަށް ޕޮޒިޓިވްވާ މީހުން ފެނަނމުން ދާ އަދަދު ދަނީ ދުވަހެއް ދުވަހެއް އިތުރު ވަމުންނެވެ. އެގޮތުން އިއްޔެއަކީ މިބައްޔަށް ޕޮޒިޓިވްވި އެންމެ ގިނަ މީހުން ފެނުނު ދުވަހެވެ. ޖުމްލަ 73 ކޭސް އިއްޔެ ފެނިފައިވާ އިރު މިހާރު ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު ވަނީ 214 އަށް އަރާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެޑްޓެކުން 18 އައިސީޔޫ ވެންޓިލޭޓަރު ގެނެސްފި

ކޮވިޑް-19 އާ ގުޅިގެން މެޑްޓެކް މޯލްޑިވްސްއާ ރާއްޖެ ގެންނަން ހަވާލުކުރި ރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރެއް މިއަދު ގެނެސްފި ...

އުމުރުން ދުވަސްވީ މީހުންގެ ދުވަސް މީދޫގައި ފާހަގަކޮށްފި

ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މީދޫ ކޯގަންނު ގްރޫޕާއި ސިއްހީމަރުކަޒާ ގުޅިގެން ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސފިއެވެ. ...

ފްލައިން ސްކޫލގެ 2 މުވައްޒަފަކަށްފިޔަވަޅުއަޅުވަން ރައީސް އަންގަވައިފި

އައްޑޫ ފްލައިން ސްކޫލްގެ މައްސަލައިގައި ފްލައިން ސްކޫލްގެ އިސް މަޤާމެއްގައި ތިބި ދެފަރާތެއްގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު ...