ހުޅުމާލޭ ކޮވިޑް ވިލެޖުގައި މަސައްކަތް ކުރާ ދެ މީހަކު ޕޮޒިޓިވްވެއްޖެ

ހުޅުމާލޭ ކޮވިޑް ވިލެޖުގައި މަސައްކަތް ކުރާ ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހުޅުމާލޭގައި ގާއިމް ކުރާ “ކޮވިޑް ވިލެޖް” އަކީ، ކޮވިޑް-19 ޖެހިގެން އެންމެ ނުރައްކާތެރި ހާލަތަށް ދާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމް ކުރާ 300 އެނދުގެ މެޑިކަލް ފެސިލިޓީއެކެވެ. މި ވިލެޖުން 2 މީހަކު ޕޮޒިޓިވް ވެފައި ވާކަން، އެންއީއޯސީން ވަނީ ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް، މިއީ ރޭ ފެނުނު 23 ކޭސްގެ ތެރޭގައި ހިމެނޭ 2 ކޭސްކަމެއް ނުވަތަ އާ ދެ ކޭސް ކަމެއް ސާފުވާގޮތް ވަނީ ނުވެފައެވެ. ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 214 އަށް އަރާފައި ވާއިރު، އިއްޔެ އެކަނިވެސް 73 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް ވިލެޖް، އިމާރާތުގެ މަސައްކަތް ނިންމަން ފެނަކައިގެ 100 ވަރަކަށް މުވައްޒަފުންނާއި ބިދޭސީންގެ އިތުރު ސިފައިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ފެނަކައިގެ މުވައްޒަފުންގެ ތެރޭގައި އެކި ރަށްރަށުން މާލެ ގެންގޮސްފައިވާ މުވައްޒަފުން ވެސް ހިމނޭއިރު އޭގެތެރޭގައި މީދޫގެ 3 މުވައްޒަފުންވެސް ހިމެނެއެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތަށް ބަލާއިރު، މިމަހު 15 ވަނަ ދުވަހުން މާލެ ސަރަހައްދުގައި މި ބަލި ގަދައަށް ފެތުރެން ފެށުމާއެކު، މިހާތަނަށް 194 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެ ކުރިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނާއި އެހެން ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނެސް ކަަރަންޓީނު ކުރުމުގެ ތެރޭގައި 20 ޕޮޒިޓިވް މީހަކު ފެނިފައި ވާއިރު، އޭގެ ތެރެއިން 17 މީހަކު ބަލިން ރަނގަޅުވެ، 2 މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް _ވަރުގަދަ ޗެލެންޖާސް ރޮއްވާލުމަށްފަހު ޒުވާންޓީމް ލޮތަރި ސެމީފައިނަލަށް

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގައި މީދުން ވާދަކުރި ޓީމްތަކުގެ ތެރެއިން ވަރުގަދަ ޗެލެންޖާސް ރޮއްވާލުމަށްފަހު ޒުވާންޓީމް ލޮތަރި ...

މި ދަނޑިވަޅަކީ ނިޒާމު ބަދަލު ކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެންމެ މުނާސަބު ވަގުތު-އިލްޔާސް ލަބީބު

މި ދަނޑިވަޅަކީ ނިޒާމު ބަދަލު ކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެންމެ މުނާސަބު ވަގުތު ކަމަށް ހުޅުދޫ ...

ފުވައްމުލަކު ގިރާ ސަރަހައްދަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރައި، އަރި އަޅާލައިފި

ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރައި، އަރި އަޅާލައިފިއެވެ.  މިހާރު އާއްމުވެފައިވާ ފޮޓޯތަކުން ...