މާލެއިން ޕާކިސްތާނު މީހަކާއި އިތުރު ދެ ދިވެހިން ފައްސި ވެއްޖެ

މާލެއިން ޕާކިސްތާނު މީހަކަށާއި އިތުރު ދެ ދިވެހިން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު އިތުރު ތިން މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި މި މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާން މީހަކާއި ދެ ދިވެހިން ކަމަށެވެ.

މި މީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދަކީ އާދަޔާ ހިލާފަށް މީހުން ފައްސިވާ ދުވަހެކެވެ. އެގޮތުން މިއަދު މިހާތަނަށް 50 ކޭސްއެއް ވަނީ ފެނިފައެވެ. އަދި މިއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

މި ތިން މީހުންނާއި އެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 191 އަށް އަރާފައެވެ. މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 18 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މި ބައްޔަށް ފައްސިވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ ލޮކްޑައުނެއްގައެވެ. މި ލޮކްޑައުންގެ މުއްދަތު އަންނަ މަހުގެ އެކަކަށް ހަމަވާއިރު، ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފާނެ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވަނީ ކުރައްވާފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްތައް ވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލޭ ސަރަހައްދު ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފި

މާލޭ ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ނަށް ކުރިއަށް އޮތް ދެ ހަފްތާއަށް ސްކޫލްތައް ބަންދުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ...

ތަރައްގީއަށް މިސަރުކާރުން އިންގިލާބީ ބަދަލު ގެނެސްފި: ނައިބް ރައީސް

ތަރައްގީގެ ކަންކަމުގައި ސަރުކާރުން ގެންދަނީ ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ...

ފޮޓޯއިން ޚަބަރު: ވީރާނާވަމުންދާ މީދޫ މަތިކިޅި އެކޯގާޑަން

މީދޫ މަތި ކިޅި އެކޯ ގާޑަން އަކީ މީދޫގެ އަމިއްލަފަރާތްތަކުން އިސްނަގައިގެން އެކިފަރާތްތަކުގެ ދީލަތިއެހީއާއެކު ތައްޔާރުކޮށްފައިވާ ތަނެކެވެ. އެހެން ...