ކޮވިޑް19: މަރުވި މީހުންގެ އަދަދު ދެލައްކައަށްވުރެ މައްޗަށް

ދުނިޔެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް  202865 އަށް އަރައިފި އެވެ.

މިހާތަނަށް މުޅި ދުނިޔެއިން 2910918 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި 202865 މީހުން ވަނީ މަރުވެފައެވެ. ބަލިން ފަސޭހަވީ 832550 މީހުން ނެވެ.

މުޅި ދުނިޔެ އިން އެންމެ ހަލުއިކަމާ އެކު ބަލި ފެތުރެމުން ދަނީ އެމެރިކާގަ އެވެ. އެ ގައުމުން އިއްޔެގެ ނިޔަލަށް 954364 މީހުން ޕޮޒިޓިވްވެ 54049 މީހުން ވަނީ މަރުވެފަ އެވެ. އަދި އިއްޔެ އެކަނިވެސް އެމެރިކާގައި މިވައިރަސް 29128 މީހުންނަށް ޖެހިފައިވާއިރު މިވައިރަސްގެ ސަބަބުން އިއްޔެ އެމއރިކާއިން 1856 މީހުންނަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ގޮތް ނޭނގޭ ވައިރަހެއް ނުވަތަ ނިއުމޯނިއާގެ ބާވަތެއް ފެތުރޭކަން ޗައިނާ ސަރުކާރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށް ރިޕޯޓްކޮށްފައި ވަނީ ޑިސެމްބަރު 31، 2019 ގަ އެވެ. އަދި ސިއްހީ ކުއްލި ނުރައްކާ ޑަބްލިއުއެޗްއޯ އިން ދުނިޔެ އަށް އިއުލާން ކުރީ ޖެނުއަރީ 30، 2020 ގަ އެވެ.

ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާގެ ގޮތުގައި އދ. އިން ވަނީ ސިފަކޮށްފައެވެ. ކޮވިޑްގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށްވެސް ވަނީ ބޮޑެތި ގެއްލުންތައްވާން ފަށާފައެވެ.

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19  އަށް މިހާތަނަށް އެއްވެސް ކަހަލަ ފަރުވާއެއް ހޯދިފައިނުވާއިރު، ދުނިޔޭގެ މޮޅެތި ޑޮކްޓަރުންނާއި ސައިންސްވެރިން ރެއާއި ދުވާލު މަސައްކަތް ކުރަމުން ދަނީ މި ބައްޔަށް ވެކްސިނެއް އުފެއްދުމަށެވެ. ސައެންސްވެރިން އުއްމީދު ކުރަނީ ކޮވިޑް-19 ގެ ވެކްސިންގެ އެއް މިލިއަން ޑޯޒް ސެޕްޓެމްބަރު މަހާ ހަމައަށް ތައްޔާރު ކުރެވޭނެ ކަމަށެވެ.

ބައެއް އެހެން ތަޖްރިބާކާރުން ބުނަނީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސް ވިދާޅުވަނީ މިވައިރަސް ކޮންޓްރޯލް ކުރެވެން އޮތީ ހަމައެކަނި ވެކްސިނަކުން ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު ފަރުވާއަށް ރައީސް ނަޝީދު މާދަމާ ޖަރުމަނަށް

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ގެއްލުންތަކަށް ...

ސޯޝަލް މީޑިއާ ގުރޫޕުތަކުގައި ދެ ރައީސުންނަށް އައުގުރާނަ ގޮވިޔަ ދީގެންނުވާނެ: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުޙައްމަދު ނަޝީދަށާއި, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ސޯޝަލް މީޑިއާ ...

އައްޑޫ ޓާޝަރީ ހޮސްޕިޓަލުގައި ބޭނުންކުރުމަށް ގެނައި އެމްއާރުއައި މެޝިން އައްޑުއަށް ގެނެސްފި

އައްޑޫ ޓާޝަރީ ހޮސްޕިޓަލުގައި  ބޭނުންކުރުމަށް ގެނައި އެމްއާރުއައި މެޝިން އައްޑުއަށް ގެނެސްފިއެވެ. މިއެމްއާރުއައި މެޝިން ގަމަށް ގެނެސްފައިވަނީ ދުނިޔޭގެ ...