ށ.އަތޮޅުގެ 5 ރަށަކާ ނ. ހޮޅުދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެޗްޕީއޭ އިން ބުނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ށ.ނަރުދޫ އާއި ށ.ފުނަދޫ އާއި ށ.މިލަންދޫ އާއި ށ.ފީވަށް އަދި ށ.މާއުނގޫދޫ ކަމަށެވެ. މީގެ އިތުރުން ނ އަތޮޅު ހޮޅުދޫވެސް ވަނީ މޮނީޓަރިންގެ ހާލަތަށަ ގެނެސްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހޮޅުދޫ ކަރަންޓީނު ކުރީ ނަރުދޫ ބޯޓް (އަމާޒުބޯޓް) ގައި މަސައްކަތް ކުރާ ފަޅުވެރިޔަކު ޕޮޒިޓިވް ވުމާއެކު އެބޯޓް ހޮޅުދުއަށް ޖައްސާ މުދާބާލާ އަދި އެބޯޓުން ދަތުރުކުރި މީހުންވެސް ހޮޅުދުއަށް ފޭބުމާއި ގުޅިގެނެންނެވެ.

ށ. އަތޮޅުގެ ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ ނަރުދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރު ކުރާ ނަރުދޫ އަމާޒު ބޯޓުގެ ކައްޕި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ބޯޓު ށ.އަތޮޅުން މޮނީޓަރިންގ ގެހާލަތަށް ގެންގޮސްފައިވާ ރަށްތަކަށްގޮސް މުދާ ބާލާފައިވެއެވެ.  . އެ ބޯޓު މާލެއިން ފުރާފައިވަނީ މާޗް 16 ވަނަ ދުވަހުއެވެ.

މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށަކުން މި ބައްޔަށް ޕޮޒިޓިވްވި ދެވަނަ މީހާއެވެ. މީގެކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހއ.އުލިގަމަށް ނިސްބަތްވާ މީހެކެވެ. އެމީހާ އަކީ ވެސް މާލެ ދަތުރުކޮށްފައި ދިޔަފަހުން ބައްޔަށް ޕޮޒިޓިވްވި މީހެކެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް 137 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މިއަދު އެކަނި ވެސް ވަނީ 9 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިދުވަސްކޮޅަކީ މާލެ ދަތުރުކުރާ ބޯޓްފަހަރުތައްވެސް ހުޅުދޫއާއި މީދުއަށް މާލެގޮސްފައި އައިސްގެން އުޅޭ ދުވަސްވަރަކަށްވާތީ އެބޯޓްފަހަރުން ދަތުރުގޮސްފައިވާ މީހުންނާއިމެދު ޚާއްސަ ސަމާލުކަމެއް ހުޅުދޫއާއި މީދޫގެ ކަމާއިބެހޭ ފަރާތްތަކުން ބަލަންޖެހޭނެކަމަށްފެނެއެވެ. އެހެންނޫނީ އަޅުގަޑުމެންގެ ތެރޭގައިވެސް މިބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެގެން ގޮސްފާނެކަމަށް ބެލެވެއެވެ.

މާލޭގެ ހާލަތު ބަދަލުވިގޮތުން ރަށްރަށުގެ މީހުން ފިލާވަޅު ލިބިގަންނަންޖެހެއެވެ. އެހެންކަމާއެކު ފަރުވާ ކުޑަނުކުރައްވާ ރައްކާތެރިކަން އިސްކުރަންޖެހޭ

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ސްކޫލްގެ 3 މުވައްޒަފަކަށް އުމްރާ ދަތުރު ލިބިއްޖެ

މިއަހަރުގެ ޓީޗަރުންގެ ދުވަސް ހުޅުދޫ ސްކޫލްގައި ފާހަގަކުރުމަށް ޓީޗާސް އެޕްރިސިއޭޝަން ވީކްގެ ނަމުގައި ހުޅުދޫ ސްކޫލުން ކުރިއަށް ގެންދިޔަ ...

މަތިކިޅި ސަރަހައްދު ބެލެހެއްޓުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްފި

މަތިކިޅި ސަރަހައްދު ހިންގާ ބެލެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ. މަތި ކިޅި  ބެލެހެއްޓުން ސިޓީ ކައުންސިލާއި ހަވާލްކުރުމުގެ ...

އަންނަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ. ރައީސް އޮފީހުން ...