ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ސަރުކާރުން މަނާކޮށްފައި ވާތީ މީދޫ މިސްކިތްތަކުގައިވެސް މިއަދު ހުކުރު ނަމާދެއް ނުކުރެއެެވެ. މިއީ އަހަރެމެން ހަނދާން ހުންނަންފެށިފަހުން މިރަށުގައި ފުރަތަމަ ފަހަރަށް ހުކުރު ދުވަހެއްގައި ހުކުރު ނަމާދު ޖަމާއަތުގައި ކޮށްފައިނުވާ ފުރަތަމަ ހުކުރު ދުވަހަކަށްވެސްވަނީ ވެގެން ގޮސްފައެވެ.
ރާއްޖޭގައި ނުރައްކާތެރި ކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރެމުންދާތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާތީ މިމަހުގެ 19 ވީ އާދީއްތަ ދުވަހު މަޢްރިބް ނަމާދުން ފެށިގެން މިއޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ނަމާދެއް ޖަމާޢަތުގައި ނުކުރާނެއެވެ.
މިސްކިތްތަކުން ބަންގީގެ ފަހުގައި އެންމެންނަށް ގޮވާލަނީ ގޭގައި ނަމާދުކުރުމަށެވެ.