އައްޑޫއާއި ފުވައްމުލަށް ސިޓީގައިވެސް މިސްކިތްތަކުގައި ޖަމާޢަތް ނުހެދުމަށް އަންގައިފި

މިއަދުގެ ( 18 އެޕްރީލް 2020 ވަނަ ދުވަހުގެ ) މަޣުރިބް ނަމާދުން ފެށިގެން 23 އެޕްރީލްވާ ބުރާސްފަތި ދުވަހުގެ އަސްރުނަމާދުގެ ނިޔަލަށް  އައްޑުއާއި ފުވައްމުލައް ސިޓީގައިވެސް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި “للا ޖުވت&” އަދި ދިވެހިބަހުން “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!” މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވާފައިވާނެކަމަށެވެ.

މިއީ ކޯވިޑް-19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން ނިންމާފައިވާ ނިންމުމެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރަށެއް ލޮކްޑައުންނަށް ގެނެސްފިނަމަ އެ ހާލަތް ދެމިއޮތްހާ ހިނަދަކު ފަރުޞު ނަމާދާއި ހުކުރު ނަމާދު ޖަމާޢާތުގައި ނުކުރުމަށް ވަނީ އަންގާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން، ވެސް ވަނީ މީހުން ދިރިއުޅޭ ރަށެއް މޮނިޓަރިންގެ ޙާލަތަށް ގެނެސްފިނަމަ، އެރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދު ނުކުރުމަށް މީގެ ކުރިން ވެސް އަންގަވާފައެވެ. މިއީ އެއްވަގުތެއްގައި ގިނަބަޔަކު އެއްތަނަކަށް ޖަމާވުން ރައްކާތެރި ނޫންކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާތީ ނިންމާފައިވާ ނިންމުމެކެވެ.

މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ކުރިއަށް ނުގެންދިޔަނަމަވެސް، އެއްވެސް މިސްކިތެއް ބަންދުކޮށްފައެއް ނުވެއެވެ. އެހެންކަމުން މިސްކިތްތަކުގައި ވަކިވަކިން ނަމާދުކުރިނަމަވެސް މީހާގެ ވަށައިގެން 6 ފޫޓު ދުރުމިން ބަހައްޓައިގެން ނަމާދުކުރުމަށް ވަނީ އިރުޝާދުދީފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މި މުއްދަތުގައި ގިނައިން ގޭގައި ނަމާދު ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ހުކުރު ދުވަހުވެސް ހުކުރު ނަމާދުގެ ބަދަލުގައި ގޭގައި މެންދުރު ނަމާދު ކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކޮށްފި އެވެ. ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ކޮންމެ ހައްޖު ދުވަހެއްގެ ފަތިސް ...

ބޮޑު ޗުއްޓީގެ ދުވަސްވަރު ބަދަލުކުރުމާބެހޭ ގޮތުން މަޝްވަރާކޮށްފި

ރާއްޖޭގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލު ކުރުމާބެހޭ ގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދު، މިނިސްޓަރ ...

މާލެއިން އިތުރު ދެމީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ

މާލެއިން އިތުރު ދެމީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ. އެޗްޕީއޭ ...