މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ގިނަވަމުން ދިއުމާއި މިބަލިއަށް ޕޮޒިޓިވް ވެފައިވާ މީހުން ކުއްލިގޮތަކަށް މާލެން ފެންނަން ފެށުމާއި ގުޅިގެންއައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ( 18 އެޕްރީލް 2020ން ފެށިގެން ) ސިއްހީ ޚިދުމަތްދޭ ކްލިނިކް ތަކާއި ބޭސްފިހާރަތައް ފިޔަވައި ވިޔަފާރިކުރާ ފިހާރަތަކާއި އާއްމުޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދިނުމުގައި ތިރީގައި މިދަންނަވާ ގޮތުގެ މަތީން ޢަމަލުކުރުމަށް އައްޑޫސިޓީ ކައުންސިލުން އަންގަވައިފިއެެވެ.
# އާއްމު ވިޔަފާރި ކުރާފިހާރަތަކާއި، ޢާއްމުޚިދުމަތް ދޭތަންތަން ހުޅުވިފައި ހުންނަންވާނީ ހެނދުނު 09:00އިން ހަވީރު 05:00އަށް.
ވިޔަފާރި ކުރާތަންތަނުން ހަވީރު 5:00އިން ރޭގަނޑު 10:00އަށް ޑެލިވަރީ ކޮށްދިނުން.
# ހޮޓާ ރެސްޓޯރަންޓް ފަދަތަންތަނުން ހެނދުނު 09:00 އިން ރޭގަނޑު 12:00އަށް ހަމައެކަނި ޓޭކް އަވޭއާއި، ޑެލިވަރީގެ ޚިދުމަތްދިނުން.
# ގާޑިޔާތަކުގެ ވިޔަފާރި ހެދުނު 09:00ން ހަވީރު 05:00އަށް ޓޭކް އަވޭއާއި ޑެލިވަރީ، ކޮށްދިނުން.
މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަމްބަރު 2010/7 “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަން ސިޓީކައުންސިލުން ޢާންމުކޮށްފައިވާ އިއުލާނުގައި ހާމަކޮށްފައިވެއެވެ.