މާލެއިން އިތުރު ދެމީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ

މާލެއިން އިތުރު ދެމީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި އެ ދެމީހުންނަކީ އީއްޔެ ތިންވަނަ އަށް ޕޮޒިޓިވް ވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްސްއެވެ. އެމީހުން މިހާތަނަށް ތިބީ ކަރަންޓީނު ފެސިލިޓީއެއްގައެވެ. އަދި ކޮވިޑު-19 އަށް ޕޮޒިޓިވް ވިކަން އެނގުމުން އެމީހުން ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރެވިފައެވެ.

މިއާއި އެކު މިހާރު މާލެއިން ކޮވިޑު-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 5 އެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނެއެވެ.

މާލެއިން ފުރަތަމަ މިބައްޔަށް ޕޮޒިޓިވްވި ކޭސް 21 އަކީ އަންހެނެކެވެ. ދެވަނައަށް ޕޮޒިޓިވްވި  ކޭސް 22 އަކީ ކޭސް 21 އާއި ސީދާ ބައްދަލުވި، އޭނާގެ ތުއްތު ދަރިފުޅެވެ. އަދި ކޭސް 23 އަކީ ކޭސް 21، 22 އާއި ސީދާ ބައްދަލުވެފައިވާ ދެފަރާތެކެވެ.

ކޭސް 21،22،23 އާއި ގުޅިގެން އިއްޔެ ހަވީރު ސަރުކާރުން ހާމަކުރެއްވި މައުލޫމާތުތައް:

ކޭސް 21 އަދި 22 އާއި ގުޅިގެން

  • ހައި ރިސްކްގައި 75 މީހުން
  • މީޑިއަމް ރިސްކްގައި 43 މީހުން
  • ލޯ ރިސްކްގައި 89 މީހުން
  • 21، 22 އާއި ގުޅޭ ޖުމްލަ 207 މީހުން

ކޭސް 23 އާއި ގުޅިގެން

  • ޖުމްލަ 35 ކޮންޓެކްޓެއް ފާހަގަ ކުރެވިފައި
  • ހައިރިސްކްގައި 7 މީހުން
  • މީޑިއަމް ރިސްކް 28 މީހުން

މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ކޭސް 21، ކޭސް 22 އަދި 23 އާއި ގުޅިގެން އެޗްޕީއޭއިން ވަނީ 22 ގެއެއް މޮނިޓަރުން ހާލަތަށް ގެނެސްފައެވެ. އޭގެ ތެރޭގައި އަތޮޅު ތަކުގެ ބައެއް ރަށްތަކުގެ ގެތައްވެސް ހިމެނެއެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 25 މީހަކު ޕޮޒިޓިވް ވަނީ ވެފައެވެ. އޭގެ ތެރެއިން 16 މީހުން ރަނގަޅު ވެފައިވާއިރު ބަލިން ރަނގަޅު ނުވާ ހަތް މީހުންގެ ތެރެއިން ދެ މީހަކު ތިބީ އެމީހުންގެ ޤައުމުގައިއެވެ. ރާއްޖެއިން މިބައްޔަށް ޕޮޒިޓިވް ވެފައި ވަނީ 10 ދިވެހިންނާއި 15 ބިދޭސީންނެވެ.

މިބައްޔާއި ގުޅިގެން ރާއްޖޭގައި 985 މީހުން މިހާރު ކަރަންޓީން ފެސިލިޓީސްތަކުގައި އެބަތިއްބެވެ. އަދި 31 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް 3497 މީހުން މިބައްޔަށް ޓެސްޓު ކުރެވިފައިވެއެވެ. އޭގެ ތެރެއިން 25 މީހުން ޕޮޒިޓިވް ވެފައިވާ އިރު ނެގެޓިވް ވެފައި ވަނީ 3137 މީހުންނެވެ. 270 މީހުންގެ ނަތީޖާ އަދި ނުލިބެއެވެ.

.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫއިން މަސްވެރިކަން ކުރަން ނުކުތް ދޯންޏެއް ބަންޑުން ޖަހާލައިފި

  މީދުން މަސްވެރިކަމަށް ނިކުތް ކުޑަ ދޯންޏެއް ބަންޑުންޖަހާލުމުން ދޯނި ބަންޑުން ޖަހާލި ވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ޑިންގީއަކަށް ...

ފޮޓޯއިން ޚަބަރު : ފެންހިންދާ ކާނުތަކެއް ހެދުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ އަޅިވިލާމަގުން ބްރޯސް ރެސްޓޯރެންޓް ކައިރިން ފަށައިގެން މެދު ބަނދަރާއި ދޭތެރޭ ...

ރާއްޖޭގައި ވެރިކަން ކުރާނެއް މީހެއް ކަނޑައަޅާނީ އީޔޫ އަކުން ނޫން: މިނިސްޓަރ ނާޒިމް

ރާއްޖޭގެ ވެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކަށް ގޮސް ސަލާން ޖަހަން ނުޖެހޭނެ ކަމަށާއި މި ގައުމުގެ ވެރިކަން ހޯދުމަށް ...