މާލެއިން އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ މާލެއިން ކޯވިޑަށް ޕޮޒިޓިވްވި މީހާއާއި ސީދާ ދިމާވި މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިމީހާގެ ނަތީޖާ ލިބިފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންކަމަށެވެ. މިއީ މާލެއިން ކޯވިޑަށް ފުރަތަމަ ޕޮޒިޓިވްވި މީހާއާއި މިހާތަނަށް ސީދާ ދިމާވި މީހުންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ. މިއީ މާލެއިން ކޯވިޑަށް ޕޮޒިޓިވްވި 2 މީހާއެވެ.

މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މިހާއާއި ގުޅުންހުރި ހަތަރު ގެއެއް ފާހަގަކުރެވި، އެމީހާއާ ސީދާ ދިމާވި 55 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާއާ ސީދާ ދިމާވި 55 މީހުން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށާ މި މީހުންނަކީ 4 ގެއަކަށް ނިސްބަތްވާ މީހުން ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގެތެރޭގައި ދިމާވި މީހުންވެސް ދެނެގަންނަނަމުންދާކަމަށާ، އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

ޕޮޒިޓިވްވި މީހާއާ ގުޅުންހުރި ބައެއް މީހުން އެކި ރަށްރަށުގައި ތިބިކަން ފާހަގަކުރެވިފައިވާއިރު، އައްޑޫސިޓީން 2 މީހަކާއި، ގދ.ވާދޫން 2 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވޭ.

މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 4 ދިވެހިންނެވެ

މަސްދަރު: ޕީއެސްއެމް ނިއުސް

Next: މިއަދު ޕޮޒިޓިވްވި ދެވަނަ ފަރާތަކީ މިއަދު ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު