ކޯވިޑް-19 : ދުރާލައި ހަރުކަށި ފިޔަވަޅު ނާޅައިފިނަ ރާއްޖެއިން އެތައްބަޔަކު މަރުވެދާނެ

ކޯވިޑް-19އިން ރައްކާތެރިވުމަށް މުހިންމު ހަރުކަށި ފިޔަވަޅުތައް އަޅައިފިނަމަ ބަލި ފެތުރިއްޖެ ޙާލަތެއްގައިވެސް އެންމެ ގިނައިން ފަރުވާދޭން ޖެހޭނީ 300 އެއްހައި މީހުންނަށްކަމަށް ކޯވިޑް-19ގެ ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން ހެދި ދިރާސާ ރިޕޯޓުން ދައްކައިފިއެވެ.

މި ރިޕޯޓް ތައްޔާރުކޮށްފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އާއި އިނގިރޭސި ވިލާތުގެ އިމްޕީރިއަލް ކޮލެޖުގެ މޮޑެލްއެއް ބޭނުންކޮށްގެން ޞިއްޙީ ދާއިރާގެ ރާއްޖޭގެ ތަޖުރިބާކާރު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

މި ރިޕޯޓުން ދައްކާގޮތުގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އެކަށީގެންވާ ފިޔަވަޅުތައް ނޭޅިއްޖެނަމަ ޙާލަތު އެންމެ ގޯސްވާއިރު 1300 މީހުން އެއްދުވަހާ ހޮސްޕިޓަލަށް ގެންދަންޖެހިދާނެއެވެ. ނަމަވެސް މުހިންމު ހަރުކަށި ފިޔަވަޅު އަޅައިފިނަމަ ބަލި އެންމެބޮޑަށް ފެތުރިއްޖެ ޙާލަތެއްގައިވެސް އެންމެ ގިނައިން ފަރުވާދޭން ޖެހޭނީ 300 އެއްހައި މީހުންނަށްކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. އަދި އައިސީޔޫގައި ފަރުވާދޭން ޖެހޭ މީހުންވެސް މި ދެ ޙާލަތުގައި 400 އިން 100 އަށް މަދު ކުރެވޭނެ ކަމަށް މި ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

އެކި ޢުމުރުފުރާއަށް ބަލާއިރު، ކޯވިޑް-19ގެ ވައިރަހުގެ ނުރައްކާ ރާއްޖޭގައި އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނުރައްކާތެރިކަން ބޮޑުވާ ޙާލަތުގައި ޢުމުރުން ދުވަސްވީ މީހުންގެ ތެރެއިން ޢުމުރުން 60 އަހަރުން މަތީގެ މީހުންގެ %35މީހުން މަރުވުމުގެ ފުރުސަތު އޮތްކަމަށް ލަފާކޮށްފައިވެއެވެ. އަދި އެފަދަ ޙާލަތެއްގައިވެސް 1403 މީހަކު މަރުވާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓްގައި ލަފާކުރެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ ރާއްޖޭގައި ޢާއްމުންގެ ތެރޭގައި ކޯވިޑް-19 ފެތުރިއްޖެނަމަ ޖުމުލަކޮށް މާލެ ސަރަޙައްދުން 46000އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެއްވެސް ފިޔަވަޅެއް ނާޅައިފި ނަމަ ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް އިތުރަށް އެތައްބަޔަކު މިވައިރަހަށް ޕޮޒިޓިވްވާނެކަމަށް ލަފާކުރެވެއެވެ. އެގޮތުން 45 ދުވަހާއި 50 ދުވަޙާ ދެމެދުގެ ތެރޭގައި އެންމެ ނުރައްކާތެރި ޙާލަތަކަށް ދާނެކަމަށް ބެލެވޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް މިހާރުއްސުރެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި އެއަށް އަމަލުކޮށްފިނަމަ މި ޢަދަދު މަދު ކުރެވޭނެ ކަމަށާއި، އެންމެ ޕީކްގައިވެސް ބަލި ޖެހޭނީ 2000 އެއްހައި މީހުންނަށް ކަމަށް ޑރ.ވިދާޅުވިއެވެ.

“ބަލި ފެންނަތާ 35ވަނަ ދުވަހު އަލަށް 2500 މީހުންނަށް ބަލި ޖެހޭ. އަދި 40ވަނަ ދުވަހު 5000 އަށ ްވުރެ ގިނަ މީހުންނަށް އަލަށް މި ބަލި ޖެހޭ ކަމަށް މި ދިރާސާއިން ދައްކާ.”ނަޒްލާ ވިދާޅުވިއެވެ.

ރިޕޯޓްގައި ބަޔާންކޮށްފައިވާގޮތުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭއިރު، ޚާއްސަކޮށް މާލެފަދަ އާބާދީ ބޮޑު ސަރަޙައްދުތަކަށް އިސްކަންދޭންޖެހެއެވެ. އަދި ހޮސްޕިޓަލުތަކުގެ ތޮއްޖެހުން މަދުކޮށް، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން ރައްކާތެރިވުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ ރާއްޖެއިން 10891 މީހުން މަރުވާނެކަމަށް ބެލެވޭކަމަށް އެޗްޕީއޭއިން ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓުން ދައްކައެވެ. އަދި ފުރިހަމަ ފުރަ ބަންދަކަށް ގޮސްފިނަމަ މަރުވާނެކަމަށް ބެލެވެނީ އެންމެ 4 މީހުން ކަމަށް ރިޕޯޓްގައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލީހުގައި ތިބެންވާނީ ޤާނޫނީ މަސައްކަތްކުރުމަށް އެކަށީގެންވާ ފަންނުވެރި ތަޖުރިބާ ހުރި ބަޔަކު – ހިޝާމް

މަޖިލިހުގެ މެޖޯރިޓީ އޮންނަންޖެހޭނީ ތިމާ ތާއިދުކުރާ ކެންޑިޑޭޓް އިންތިޚާބުގައި ވާދަކުރާ ހައިސިއްޔަތުގެ މައްޗަކަށް ނޫންކަމަށާ އެހެން ނަމަވެސް މިއަދު ...

ގައުމު ސްޓްރީޓް ކަޕް 2020: އިއްޔެ ކުޅެވުނު މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ އިއްޔެ ކުޅުނު މެޗްތަކުގެ ނަތީޖާ: އެފްއާރުޓީ އަދި ...

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- 3 ވަނަ މެޗް ކާމިޔާބުކުރީ ފުވައްމުލަށް ސިޓީ ޕޮލިސް

” ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ ތިންވަން މެޗް ފުވައްމުލަށް ސިޓީ ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ. މީދޫ އިޖުތިމާއީމަރުކަޒުގެ ...