ކޯވިޑް-19 : މާލެއިން ތެރެއިން ދިވެއްސަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޯވިޑް19 އަށް ޕޮސިޓިވްވެއްޖެއެވެ.

މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާއެވެ. އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާ މީނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުންނެވެ. މިމީހާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވިފައެވެ

މާލެއިން ކޯވިޑަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިބަދަލުތައް ހާމަކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 12:30 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެންސް ކޮންފަރެންސްގައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 21 މީހަކެވެ. އޭގެތެރޭގައި ހިމެނެނީ 15 ބިދޭސީ މީހުންނާއި، 6 ދިވެހިންނެވެ. މީގެ ތެރެއިން ބަލިން މުޅިން ރަނގަޅުވެފައިވަނީ 16 މީހެކެވެ. އޭގެ ތެރޭގައި 3 ދިވެހިންވެސް ހިމެނެއެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއިއެކު މާލެ ސަރަހައްދުން ބަލި ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްތަކެއްވެސް އެޗްޕީއޭއިން ވަނީ އެކުލަވާލާފައެވެ. އެގޮތުން ވަކިވަކި ސަރަހައްދުތަކަށް މާލެ ބަހާލައި، ކަރަންޓީންކުރާނެ ގޮތްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

ކޯވިޑް 19 އާ ގުޅެގޮތުން ފަހުގެ މަޢުލޫމާތު ހާމަކުރުމަށް ނޭޝަނަލް އިމަރޖެންސީ ސެންޓަރުން ބާއްވާ ނިއުސްކޮންފަރެންސް މިއަދު 12 ޖަހާއިރު އޮންނާނެއެވެ. މިނިއުސްކޮންފަރެންސްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނާއި، ޑރ.އަލީ ލަތީފުގެ އިތުރުން އެންއީއޯސީގެ ތަރުޖަމާން މަބްރޫކު އަޒީޒު ބައިވެރިވެވަޑައިގަންނަވާނެއެވެ

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަހެއް ކެނޑުމުގެ ތެރޭގައި ގޮފިގަނޑަކުން ޖެހިގެން މީހަކު މަރުވެއްޖެ

ގަހެއް ކަނޑަން އުޅުމުގެތެރޭގައި ގޮފިގަނޑެއް ވިއްސައިގެން އައިސް ބޮލުގައި ޖެހި ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ...

ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވެލްސްގެ މައްޗަށް އަމުރެއް

14 ދުވަސްތެރޭގައި، ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވެލްސްގެ މައްޗަށް އަމުރެއް ކޮށްފިއެވެ. އެގޮތުން، ...

އައްޑޫގެ ތަރައްގީއަށް މިހާތަނަނަށް އެންމެ އިސްކަމެއްދިން ވެރިއަކީ ރައީސް ސޯލިހު: ޝަރީފް

އައްޑޫގެ ތަރައްގީއަށް މިހާތަނަށް އެންމެ ބޮޑު އިސްކަމެއް ދިން ވެރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކަމަށް އައްޑޫ ...