ކޮވިޑް-19: ޖެހުނު މީހުންގެ އަދަދު 1.6 މިލިއަނަށް ވުރެ މައްޗަށް – މަރުވި މީހުންގެ އަދަދު 95000 އަށްވުރެ މައްޗަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން  އިއްޔެ ނިޔަލަށް 1603073 މީހުންނަށް ޖެހިފައިވާއިރު މިވައިރަސް ޖެެހިހިގެން މަރުވި މީހުންގެ އަދަދު 95000 އަށްވުރެ މައްޗަށް އަރައިފިއެވެ.

އިއްޔެ ނިލިޔަލަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 95714 އަށް އަރާފައެވެ.

އިއްޔެ އެކަނިވެސް އެމެރިކާގައި މިވަސްޖެހިގެން 1900 މީހުން މަރުވެފައިވާއިރު ، އެމެރިކާއިން މިވައިރަސް ޖެހިގެން މިހާތަނަށް 16691 މީހުންވަނީ މަރުވެފައެވެ. ހަމައެކަނި އިއްޔެވެސް އެމެރިކާގައި މިބައްޔަށް 33536 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

ސްޕެއިންލަށް ބަލާއިރު އިއްޔެ އެގައުމުން 655 މީހުން މަރުވެފައިވާއިރު އިއްޔެގެ ނިޔަލަށް އެގައުމުން 15447 މީހަކު މިބަލީގައިވަނީ މަރުވެގެން ގޮސްފައެވެ. އިއްޔެ ސްޕެއިނުން 5002 މީހަކަށް މިބަލި ޖެހިފައިވެއެވެ.

ފްރާންސަށް ބަލާއިރު އިއްޔެ ފްރާންސްގައި މިބަލިޖެހިގެން 1341 މީހަކު ވަނީ މަރުވެފައެވެ. ފްރާންސުން އިއްޔެގެ ނިޔަލަށް މިބަލީގައި   މަރުވެފައެވެ. ފްރާންސުން އިއްޔެގެ ނިޔަލަށް މިބަލީގައި 12210 މީހުން  ވަނީ މަރުވެފައެވެ . އިއްޔެ ފްރާންސުން މިބަލި އަލަށް ޖެހުނު މީހުންގެ އަދަދަކީ 4779 މީހުންނެވެ.

އިޓަލީއަށް ބަލާއިރު އިއްޔެ އިޓަލީން މިބަލީގައި މަރުވެފައިވަނީ 610 މީހުންނެވެ. އިއްޔެގެ ނިޔަލަށް އިޓަލީން 18279 މީހަކު މިބަލީގައިވަނީ މަރުވެ ގޮސްފައެވެ. އިއްޔެ އިޓަލީން މިބަލި އަލަށް ޖެހިފައިވަނީ 4204 މީހުންނަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 209 އަށްވުރެ ގިނަ ގައުމާ ސަރަހައްދުން މި ބައްޔަށް އިއްޔެ އެކަނިވެސް 85010 މީހުން ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން ހަމައެކަނި އެމެރިކާއިން 33536 މީހަކު އިއްޔެ އެކަނިވެސް މިބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.

ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ހޯދިފައި ނުވާއިރު، އެކި ހިސާބުތަކުގައި މި ބައްޔަށް އެކި ފަރުވާ ކުރަމުންދާކަން ފާހަގަކުރަންޖެހެއެވެ. މި ފަރުވާތައް އަމާޒުކުރަނީ ބައްޔަށް ޕޮޒިޓިވްވާ މީހާގެ ކިބައިން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.

Next: ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 30 އަށް އިތުރުކޮށްފި