ކިނޮޅަހުކައުންސިލުގެ ރޯދަ ހަދިޔާ ކޮންމެ ގެއަކަށް ހަނޑޫ އަދި ހަކުރު ބަސްތާއެއް!

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް އިދާރާގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ހަނޑޫ އަދި ހަކުރު ބަސްތާއެއް ދޭން އެރަށު ކައުންސިލުން ނިންމައިފިއެވެ

ކައުންސިލް ރައީސް އަހުމަދު ހުސެއިން އާއި ކައުންސިލްގެ ނާއިބު ރައީސް ވާފިރު އަހުމަދު ސޮއިކުރައްވާ ނެރުއްވާފައިވާ ނިންމުމެއްގައި ބުނެފައިވަނީ 1441 ވަނަ އަހަރުގެ ރަމަޟާން މަހަށް ކިނޮޅަހުގެ ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ހަކުރު ބަސްތާއެއްގެ އިތުރުން 16 ކިލޯގެ ފުއް، 12 ދަޅު އަލަނާސި، 10 ކިލޯ ފިޔާ 1 ކިލޯ ކަދުރު އަދި ބިސްކޭހެއްގެ އެއްބައި ދޭން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މި ނިންމުމުގައި ކޮވިޑް19 އާއި ގުޅިގެން ރަށުގެ ރައްޔިތުންނަށް އެހީތެރިކަމާ ރައްކާތެރިމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގްރުއާން ކުލާހުގެ އެޕްރީލް އަދި މެއި މަހުގެ ފީ މައާފްކޮށްދިނުން، ދަނޑުގޮވާން ކުރުމަށް 6 މަސް ދުވަހަށް ހިލޭ ބިން ދޫކުރުން، ކުނި އުކާލުމުގެ ފީ މޭމަހަށް މާފުކޮށްދިނުން އަދި މިސްކިތްތަކުގައި އަތްދޮންނަ ފުޅި ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން ކަމާބެހޭ ސިއްހީ މާހިރުން ދެއްވާ އިރުޝާދުތައް އަޑުއެހުމާއެކު އިސްރާފުކުރުން މަދުކުރުމަށް ކައުންސިލް އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދަރުމަވަންތަ ހޮސްޕިޓަލް ވިއްކާލާކަށް ނޫޅޭ : ފިނޭންސް

ދަރުމަވަންތަ ހޮސްޕިޓަލް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ. ފިނޭންސުން މިކަން ހާމަކޮށްފައިވަނީ 300 ...

ކޮވިޑްގެ ބިރުވެރިކަން އަތޮޅުތެރެއަށް، އެދެނީ އުސޫލު ހަރުދަނާކުރަން

އާ އާންމު ހާލަތުގައި އުޅެންޖެހޭ ، އުސޫލު ބަދަލުކޮށް މާލޭން އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށުމާއެކު ...

މާފުށީ ޖަލުގައި ހުރި ގައިދީއަކު ނިޔާވެއްޖެ

މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ، އުމުރުން ...