ކޮވިޑް-19: މާލެ ސަރަހައްދުގައި ތިން މީހުނަށްވުރެ ގިނައިން މަގުމަތީގައި އެއްވެ އުޅުން މަނާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ތިން މީހުނަށްވުރެ ގިނައިން މަގުމަތީގައި އެއްވެ އުޅުން މަނާކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ނެރުނު ބާޔާނެއްގައި ހާމަކޮށްފައިވަނީ  އޭޕްރީލް 2 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް ތިން މީހުނަށްވުރެ ގިނައިން މަގުމަތީގައި އެއްވެ އުޅުން މަނާކުރާ ކަމަށެވެ.

އެޗްޕީއޭއިން މި ފިޔަވަޅު މިގޮތައް އަޅަން ނިންމީ  ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ. ޓެގުން މިގޮތައް ހާމަ ކުރުމާއި ގުޅިގެން ސަރުކާރު އޮފީސްތަކާއި، ސްކޫލުތައް އަދި ކޮލެޖުތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމަށްވެސް ސަރުކާރުން އިއްޔެ ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް 1137 ސާމްޕަލް ނަގައި ޓެސްޓުކޮށްފައިވެއެވެ. އޭގެތެރެއިން 1114 ސާމްޕަލްއެއް ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފައެވެ. ކޮވިޑް-19 އަށް ޓެސްޓުކުރި 18 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާއިރު، އަދި ނަތީޖާ ނުލިބި 5 ސާމްޕަލްއެއް އެބަހުއްޓެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް 18 މީހުންގެ ތެރޭގައި ތިން ދިވެއްސަކުވެސް ހިމެނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ- ރައީސް ސޯލިހު

ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހްކުރާނެކަމުގެ ސިގްނަލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެއްވައިފިއެވެ. މިފަދަ ސިގްނަލެއް ރައީސް ސާލިހް ...

ސައުތުޕާމް ކައިރީގެ  ނެރުމައްޗަށް އުރުނު ދޯނި ފުންކޮށްފި

ސައުތުޕާމް ރިސޯޓާއި މީދޫއާ ދޭތެރެއިން ކަނޑާފައިވާ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ އެއްފަރާތައް އުރުނު ”ފެމިނާ“ ދޯނި ...

ޔާޔާ ނަބީލްގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތްކަމަށްބުނެ ދޫކޮށްލައިފި

ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރާތީ ހައްޔަރު ކުރި ޔާޔާ ނަބީލް އަކީ މުޖުތަމައަށް ނުރައްކާތެރި މީހަކަށް ...