ކޮވިޑް-19: އަނެއްކާވެސް އިތުރު ދިވެއްސަކު ކޮވިޑް 19 އަށް ޕޮސިޓިވް ވެއްޖެ

އަނެއްކާވެސް އިތުރު ދިވެއްސަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ކޮވިޑް19 އަށް ޕޮސިޓިވް ވެފައިވަނީ އިނގިރޭސި ވިލާތުން އެނބުރި އައުމުން ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެކެވެ.

މި މީހާ ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވަނީ އޭނާގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެންނެވެ.

މީގެ ކުރިންވެސް ދެ ދިވެއްސަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާއިރު އެ ދެމީހުންނަކީވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ.

ރާއްޖެ އަންނަ ފަރާތްތައް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 18 މީހަކު ޕޮޒިޓިވެ ވެފައިވާއިރު އޭގެ ތެރޭގައި މިހާރު ހިމެނެނީ 3 ދިވެއްސަކާއި 15 ބިދޭސީންނެވެ. މީގެ ތެރެއިން 11 މީހަކު މިހާރު މި ބަލިން ރަނގަޅުވެފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

 

Next: ސަރުކާރާއި ސުކޫލްތައް އިތުރު ހަފްތާއަކަށް ބަންދުކުރަން ނިންމައިފި