ކޯވިޑް-19 : ދުނިޔޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ފަސްލައްކައަށްވުރެ މައްޗަށް- މިހާރު މިބަލިއަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާއިން

ދުނިޔޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ފަސްލައްކައަށް ވުރެ މައްޗަށް ހިގައްޖެއެވެ. މިބަލިއަށް ފަސްލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު މިބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއަށްވުރެ ގިނަ މީހުން މިހާރު އެމެރިކާއިންވަނީ  މިބަލި އަށް ޕޮޒިޓިވް ވެފައެވެ.

މިއަދު މިހާތަނަށް އެމެރިކާއިން މިބަލިއަށް  81977 މީހުން  ވަނީ ފޮޒިޓީވް ވެފައެވެ. ޗައިނާއިން މިހާތަނަށް މިބަލިއަށް ޕޮޒިޓިވް ވެފައިވަނީ 81285 މީހުންނެވެ. އިޓަލީއަށް ބަލާއިރު އިޓަލީން މިބަލިއަށް ޕޮޒިޓިވް ވެފައިވަނީ 80539 މީހުންނެވެ.

ކޯވިޑް-19 ޖެހުނުމީހުންގެ ޢަދަދު ފަސްލައްކައަށް ވުރެ މައްޗަށް ގޮސް، ބަލީގައި މަރުވި މީހުންގެ ޢަދަދު މިއަދުގެ ނިޔަލަށްވަނީ 23،000 އަށްވުރެ މައްޗަށް ވަނީ އަރައިގެން ގޮސްފައެވެ. ބަލީގައި މިހާތަނަށް ރަގަނޅު ވެފައިވަނީ 119،807 މީހުންނެވެ. މިބަލީގައި މިހާރުވެސް ސީރިއަސް ހާލަތުގައި 15،006 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

ކޮންޓްރޯލެއްނެތި ބަލި ފެތުރެމުންދާއިރު، މިއަދު މިބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެއީ 712 މީހުންނެވެ. މިހާތަނަށް އިޓަލީން މިބަލީގައި 8215 މީހުން ވަނީ މަރުވެފައެވެ. ޗައިނާއިން މިބަލީގައި މަރުވެފައިވަނީ 3287 މީހުންނެވެ. ސްޕެއިންއަށް ބަލާއިރު ސްޕެއިނުން މިބަލީގައި މިހާތަނަށް 4154 މީހުން ވަނީ މަރުވެފައެވެ. މިބަލި އެންމެ ގިނަ މީހުންނަށް ޖެހިފައިވާ އެމެރިކާއިން މިހާތަނަށް މަރުވެފައިވަނީ 1175 މީހުންނެވެ.

ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވާ އަދަދާއި މަރުވަމުންދާ އަދަދަށް ބަލާއިރު އަދި ގިނަ ގައުމުތަކުގައި ބަލި ކޮންޓްރޯލް ކުރެވެމުންދާ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އެތައް ހާހަކަށް އިތުރުވެގެން ދާނެކަމަށް ބެލެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ފިކުރެއްގެ ދިރުން”ގޮފީގެ ފަރާތުންވެސް ގާސިމާއި ބައްދަލު ކޮށްފި

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އެތެރޭގައި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކި ސިޔާސީ ...

ޕީޕީއެމް/ޕީއެންސީން ތާއީދު ކުރާނީ ރިޔާސީ ނިޒާމަށް

ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ތާއީދުކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. ...

އިސްކަންދެނީ ވަޢުދު ފުއްދުމަށް، ބައިވަރު ވައުދު ފުއްދަން އެބައޮތް: ރައީސް

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމަށްވުރެއް ބޮޑު ވިސްނުމެއް އޮތީ، ވެފައިވާ ވައުދުތައް ...